ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 15:02
ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުން ދިން އެހީ 
ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުން ދިން އެހީ 
މިނިސްޓްރީ އޮފް ޑިފެންސް
ޖަޕާންގެ އެހީ
ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމަށް ބޭނުންވާ ތަކެތި ޖަޕާނުން ފޯރުކޮށްދީފި
މިއީ ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް
މިއީ ޖަޕާން ސަރުކާރުގެ ނޮން-ޕްރޮޖެކްޓް ގްރާންޓް އެހީއެއް

ޖަޕާން ސަރުކާރުގެ ނޮން-ޕްރޮޖެކްޓް ގްރާންޓް އެހީގެ ދަށުން ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ހަވާލުކޮށްފިއެވެ.

ޖަޕާންގެ ހިލޭ އެހީގެ ދަށުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ހިންގަމުން ގެންދާ މަޝްރޫއުއަކީ ކާރިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލުކަން އިތުރުކުމުގެ ގޮތުން ހިންގޭ މަޝްރޫއުއެކެވެ. މިގޮތުން ދެ ފިޔަވައްސަކަށް ބަހާލެވިގެން ޖުމްލަ 1100 މިލިޔަން ޔެންގެ އެމެޖެންސީ ރެސްޕޯންސް އަށް ބޭނުންކުރާ ތަކެއްޗެވެ. އަދި މިތަކެތި 2018ގެ ނިޔަލަށް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރުގެ ތަކެއްޗެވެ.

މިމަޝްރޫޢުގެ ދަށުން ބުރާސްފަތި ދުވަހު އެމްއެންޑީއެފްއާ ހަވާލުކޮށްފައިވަނީ ރާއްޖެ އައި ފުރަތަމަ ޝިޕްމަންޓާއި ދެވަނަ ޝިޕްމަންޓްގައި ހިމެނޭ ވަޞީލަތްތަކެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ 70 އަލިފާން ނިއްވާ ޕަންޕާއި، އޭގެ އެސެސަރީޒް އަދި ސްޕެއަރ ޕާރޓްގެ އިތުރުން ހަތަރު ފޯކްލިފްޓެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި މިހަފްލާ ގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ އެމްބަސަޑަރ ކަޒޫމީ އެންޑޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުންދިން އެހީ 

މި ހަފްލާގައި މިތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެންޑީއެމްސީ ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމްއެވެ.

މިހަފްލާގައި ޑެޕިއުޓީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅުތަކުގެ ތެރެއިން އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ކުރުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ވަސީލަތްތައް ހަމަކޮށް ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ސިޔާސަތު ފުރިހަމަ ކުރުމަށް މިމަޝްރޫއިން ވާގިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކާރިސާތަކުން ސަލާމަތްވުމާއި އިޖާބަދިނުމަށް ޖަޕާނުންދިން އެހީ 

ކަޒޫމީ އެންޑޯގެ ވާހަކައިގަ ޖަޕާން ސަރުކާރާ އެކު ގުޅިގެން މިހިންގޭ ޕްރޮޖެކްޓްގައި ކާރިސާތަކަށް އިޖާބަ ދިނުމަށް ބޭނުންކުރާނެ ތަކެތި މިއަހާރާއި މިއަންނަ އަހަރުވެސް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަހަރަކީ ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާ ޚާރިޖީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ އަހަރެވެ.

- ކޮމެންޓް