Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 14:19
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ހުޅުމާލެ
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
އެއްބަސްވުމުގެ ދަށުން އެޗްޑީސީން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަން 25 ކެމެރާ ހަރުކުރި

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ހިދުމަތް ދިނުމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތިދުވަހުގެ ހެނދުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ ކޮންފަރެސް ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު އަރީފްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަންއެވެ.

އެއްބަސްވުމުގެ ދަށުން އެޗްޑީސީން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަން 25 ކެމެރާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރެވޭ ޑޭޓާ ސެންޓަރު ބެލެހެއްޓުމާއި ފުލުހުންނާ ހަވާލުކުރެވޭ ކެމެރާތައް ހުޅުމާލޭގައި ކެމެރާތައް ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި ކެމެރާ ހަރުކުރުމާއި ސީސީޓީވީ ކެމެރާތަކާއި އޭގެ ވަސީލަތްތައް އަދި ސޮފްޓްވެއަރ ބެލެހެއްޓުމާއި އެތަކެތީގެ މެއިންޓަނަންސް ކަންކަން ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް