Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 13:23
ރައީސް ޔާމީން އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމަށް ޒާހިދު އައްޔަން ކުރައްވައިފި
ރައީސް ޔާމީން އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމަށް ޒާހިދު އައްޔަން ކުރައްވައިފި
ރައީސް އޮފީސް
އެޗްއާރުސީއެމް މެމްބަރުކަން
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ އެކޮމިޝަންގެ މެމްބަރު ޒާހިދު އައްޔަން ކުރައްވައިފި
ޒާހިދު މީގެކުރިން ހުންނެވީ ޖެންޑަރ މިނިސްޓަރުގެ ނައިބު މަގާމުގައި
ޒާހިދު އައްޔަން ކުރަައްވަނީ އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޝިފާގު މުފީދުގެ އިސްތިއުފާ ދެއްވުމާ ގުޅިގެން
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރުމަށް ފެންނަކަމަށް މަޖިލީހުން ވަނީ 57 މެމްބަރުންގެ އަޣްލަބިއްޔަތުން ނިންމާފަ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގައި ހުސްވެފައިވާ މަގާމަށް އެކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިދު އައްޔަން ކުރައްވައިފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. ޒާހިދުއަށް އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރެއްވުމަށް ފަހު، އެމަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޔާމީން ވަނީ ޒާހިދާ ހަވާލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ފޮނުވާފައިވާ، ދަފްތަރު ނަމްބަރު 1548، މުހައްމަދު ޒާހިދުގެ ނަން ދިރަސަކުރުމަށް މިނިވަން މުއައްސަސަތަކަބެހޭ ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީން ވެސް ވަނީ ޒާހިދު އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަގާމަށް ޒާހިދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 57 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް 05 މެމްބަރުން ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ 05 މެމްބަރުން ތިއްބެވި އެވެ.

އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޒާހިދު މީގެކުރިން ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ރައީސް އޮފީހުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، އެމަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މަޖިލީހުން ރުހުން ހޯދުމަށް ޒާހިދުގެ ނަން ރައީސް އަބްދުﷲ ޔާމީން ފޮނުއްވީ އެކޮމިޝަނުގެ މެމްބަރު ޝިފާގު މުފީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ޝިފާގު އިސްތިއުފާ ދެއްވާފައި ވަނީ މި މެއި މަހުގެ 11 ވީ ބުރާސްފަތި ދުވަހު ކަމަށްވެއެވެ. އަދި ޖެހިގެން އައި ދުވަހު ޝިފާގުއަށް ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފަ އެވެ.

އޭގެ ފަހުން ޝިފާގު ގެންދަވަނީ ސަރުކާރު ކޯލިޝަން ޕީޕީއެމް އާއި އެމްޑީއޭއިން ހިންގާ ޖަގަހަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް