ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 17:06
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން
ރޮއިޓަސް
އެމެރިކާ-ޓިއުނީޝިއާ
ބްލިންކެންގެ ވާހަކަފުޅާގުޅިގެން، ޓިއުނީޝިއާގެ ފޮރިން މިނިސްޓްރީއަށް އެމެރިކާގެ އޮފިޝަލަކު ހާޒިރުކޮށްފި
ރައީސް ސައީދު ވަނީ ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލިސް މީގެ އަހަރެއްހާ ދުވަސްކުރިން ބަންދުކުރައްވާފައި
އައު ގާނޫނު އަސާސީ އެންޑޯސްކުރައްވާފައިވަނީ ހޯމަ ދުވަހު، ރިފަރެންޑަމެއް މެދުވެރިކޮށް
ގައުމުގެ ދާޚިލީ ކަންކަމަށް އެމެރިކާއިން ނުފޫޒުފޯރުވުމަށް މަސައްކަތްކުރާކަން ދޭހަވާކަމަށް ޓިއުނީޝިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި

ޓިއުނީޝިއާގެ ފޮރިން މިނިސްޓްރީން, އެގައުމުގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލަކު މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ އޮފިޝަލް ޓިއުނީޝިއާގެ މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ޓިއުނީޝީއާގެ ޑިމޮކްރަސީއާގުޅުވައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ބްލިންކެން ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓިއުނީޝިއާގެ ފޮރިން މިނިސްޓަރު އޮތުމަން ޖެރަންޑި ވަނީ، ގައުމުގެ ދާޚިލީ ކަންކަމަށް އެމެރިކާއިން ނުފޫޒުފޯރުވުމަށް މަސައްކަތްކުރާކަން ދޭހަވާކަމަށް، އެމެރިކާގެ ޗާރޖް ޑި އެފެއަރޒް، ނަތާޝާ ފްރެންސެޝީ އަރިހު ވިދާޅުވެފައެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަވެސް ޓިއުނީޝިއާގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު ބްލިންކެން ވަނީ، ޓިއުނީޝިއާގެ ޑިމޮކްރަސީގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެގައުމުގެ ރައީސް ކައިސް ސައީދު ގައުމުގެ ގާނޫނު އަސާސީއަށް ބަދަލުގެންނަވައި ގިނަ ބާރުތަކެއް ނަންގަވަމުންދާކަން ފާހަގަކުރައްވައި ބްލިންކެން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބްލިންކެން ވަނީ 2011 ވަނަ އަހަރުން ފެށިގެން ޓިއުނީޝިއާގެ ޑިމޮކްރަސީ މަޑުމަޑުން ގިރެމުންދާކަމަށް ވިދާޅުވެފައެވެ.

ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލިސް މީގެ އަހަރެއްހާ ދުވަސްކުރިން ރައީސް ސައީދު ބަންދުކުރައްވާފައިވާއިރު، އައު ގާނޫނު އަސާސީ އެންޑޯސްކުރައްވާފައި ވަނީ ހޯމަ ދުވަހު، ރިފަރެންޑަމެއް މެދުވެރިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް