Advertisement
ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 05:37
 އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު
ރާއްޖެއެމްވީ
ރައީސް މައުމޫން ވަޑައިގަތުން
ރައީސް މައުމޫނު ވަޑައިގަތުމަކީ އިސްލާހީ މަސައްކަތް ކާމިޔާބުކުރަން ލިބުނު ހިތްވަރެއް: އިބޫ
ރައީސް މައުމޫނާއިއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ނަތީޖާ ލިބުން އަވަސްވާނެ
މަސައްކަތް ކާމިޔާބު ކުރާނަން،ރައްޔިތުންނަށް ނަތީޖާ ދައްކާނަން
ދާއިމީ ގޮތެއްގައި ހިޔާލު ފާޅުކުރުން ހިފަހައްޓައިގެން ސަަރުކާރަކަށް ދެމިއެއް ނޯވެވޭނެ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އެނބުރި މާލެވަޑައިގަތުމަކީ އެ ބޭފުޅުން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތައް ކާމިޔަބުކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ، ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން އުފާކުރައްވާ ކަމަށާއި ރައީސް މައުމޫނާއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ނަތީޖާ ލިބުން އަވަސްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އިސްލާހީ މަސައްކަތް ދެން ބާރަށް ކުރިއަށް ދާނެއެވެ. އޭނާ ވިދާޅުވީ ކުރަން ހުރީ އުނދަގޫ މަސައްކަތްތަކެެއް ކަމަށެވެ. އެހެން ނަމަވެސް ސާބިތުކަން މަތީ ރައްޔިތުންނާއި ރައްޔިތުންގެ ލީޑަރުން ތިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ވިސްނުންފުޅާ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ މަސައްކަތް އަވަހަށް ކާމިޔާބުކުރުމަށް އަނެއްކާވެސް އިތުރު ހިތްވަރެއް އަޅުގަނޑުމެންނަށް މި ލިބިގެން ދިޔައީ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބު ކުރާނަން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި އެބޭފުޅުން މަސައްކަތް ކުރައްވާނީ އެކަތިގަނޑެއްގެ ގޮތުގައެވެ. އަަދި ދާދި އަވަހަށް އިސްލާހީ މަސައްކަތް ކާމިޔާބުކޮށް ރައްޔިތުންނަށް ނަތީޖާ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް