Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 23:51
އެމްއެންޑީއެފްގެ ކޯސްޓްގާޑެއް
އެމްއެންޑީއެފްގެ ކޯސްޓްގާޑެއް
އެމްއެންޑީއެފް
އެމްއެންޑީއެފް
ފަރަށް އެރި މަސް ދޯންޏެއްގައި ތިބި މީހުން މާލެ ގެނެސްފި
ހާދިސާ ހިނގިއިރު، އެ ދޯނީގައި ތިން އަންހެނުންނާއި ބިދޭސީ ތިން މީހުން  ތިބި

ބޮލިފުށި ރިސޯޓް ކައިރިއަށް މަހަށް ނިކުތް ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ.

 އެމްއެންޑީއެފުން ބުނީ 18 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ދުވަހުގެރޭ ފަރަށް އަރާފައިވަނީ "ރަތްވިލާ" ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. މި ހާދިސާ ހިނގިއިރު، އެ ދޯނީގައި ތިން އަންހެނުންނާއި ބިދޭސީ ތިން މީހުން  ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެމްއެންޑީއެފުން ބުނީމިހާދިސާގެ ރިޕޯޓް ބުދަ ދުވަހުގެ ރޭ  20:30 ހާއިރު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާ ގުޅިގެން، މާލޭ ސަރަޙައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗެއް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައިވާކަމަށެވެ. 

އަދި، އޭގައި ތިބި 18 މީހުންގެ ތެރޭގައި ހިމެނޭ ތިން އަންހެނުންނާއި ތިން ފިރިހެނުން ބުދަ ދުވަހުގެ ރޭ 22:15 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗުގައި ވަނީ މާލެގެނެސްފައިވާކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް