ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 18:42
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން
ރޮއިޓަސް
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން
ގައުމުގެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ތައްޔާރުކަމަށް ކިމް ވިދާޅުވެއްޖެ
ދެކުނު ކޮރިއާއިން ދަނީ ހަނގުރާމައެއް ފެށުމަށް މިސްރާބުޖަހަމުންކަމަށް ވިދާޅުވި
ގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ހުރީ ކޮންމެ ވަގުތަކުވެސް ބޭނުންކުރަން ތައްޔާރަށްކަމަށް ކިމް ވިދާޅުވި
ކިމް ވަނީ ދެކުނު ކޮރިއާގެ ރައީސަށް އިންޒާރުދެއްވާފައި

ގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ހުރީ ބޭނުންކުރަން ތައްޔާރަށްކަމަށް, އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން ވިދާޅުވެއްޖެއެވެ.

އުތުރު ކޮރިއާގެ ލީޑަރު ވަނީ އެމެރިކާއާ ދެކޮޅަށް ނިއުކްލިއަރ ހަނގުރާމައެއް ފަށަންޖެހިއްޖެ ހާލަތެއްގައި އެގައުމު އޮތީ ތައްޔާރަށްކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ ނިއުކްލިއަރ ހަތިޔާރުތައްވެސް ހުރީ ކޮންމެ ވަގުތަކުވެސް ބޭނުންކުރަން ތައްޔާރަށްކަމަށް ކިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކިމް ވަނީ ދެކުނު ކޮރިއާގެ ރައީސަށްވެސް އިންޒާރު ދެއްވާފައެވެ. އެގޮތުން ކިމް ވަނީ ދެކުނު ކޮރިއާއިން ދަނީ ހަނގުރާމައެއް ފެށުމަށް މިސްރާބުޖަހަމުންކަމަށް ވިދާޅުވެފައެވެ.

މިވާހަކަތަކުގެ ތެރޭގައި ކިމް ވަނީ އެގައުމުގެ އަސްކަރިއްޔާއިން އޮތީ މިފަދަ ހަމަލާތަކަށާއި އެދި އެނޫންވެސް އެހެން ކާރިސާތަކަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް ވިދާޅުވެ، ގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ލވެސް ހުރީ މިފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށްޓަކައި އެކަމަށް ފުރިހަމައަށް ތައްޔާރުކޮށްފައި ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް