ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 08:32
'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާޙުކުރުމަށް ބޭއްވި އިވެންޓުގައި ފަރުޙަތު
'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާޙުކުރުމަށް ބޭއްވި އިވެންޓުގައި ފަރުޙަތު
ރައީސް އޮފީސް
އައިސީސީ ލޯންގް ސާވިސް އެވޯޑު
ދުނިޔޭގެ ކްރިކެޓު ޖަމިއްޔާގެ އެވޯޑެއް ރާއްޖޭގެ ފަރުހަތަށް
ފަރުހަތަށް ދީފައިވަނީ އައިސީސީގެ ލޯންގް ސާވިސް އެވޯޑު

ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ން ދޭ ލޯންގް ސާވިސް އެވޯޑު ރާއްޖޭގެ ފަރުހަތު ޖަލީލް (ފަރޫ) ދީފިއެވެ.

ފަރުހަތަކީ ރާއްޖޭގެ ކްރިކެޓަށް އެތައް ދުވަހަކު ޙިދުމަތްކޮށްދެއްވާފައިވާ ފަރާތެކެވެ. މި އެވޯޑު ފަރުހަތަށް ދީފައިވަނީ އައިސީސީގެ އަހަރީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފަރުހަތުގެ ފަރާތުން އެވޯޑާ ހަވާލުވެފައިވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުޙައްމަދު ފައިސަލްއެވެ. މިކަމާ ގުޅިގެން ކްރިކެޓް ބޯޑު ބުނީ، މިފަދަ އެވޯޑެއް ފަރުހަތަށް ލިބުނީތީ އުފާކުރާ ކަމަށެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުން ވަނީ ފަރުހަތުގެ ޚިދުމަތާއި، ކްރިކެޓް ކުރިއެރެވުމަށް ކުރައްވާ މަސައްކަތަށ ޝުކުރު އަދާކޮށްފައެވެ.

ފަރުހަތު އޭނާގެ ކްރިކެޓް ކެރިއަރު ފަށާފައިވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއަށްފަހު އޭނާ ކްރިކެޓް ކުޅުން ހުއްޓާލީ 1996 ވަނަ އަހަރުއެވެ. ކުޅުން ހުއްޓާލުމަށްފަހު ކްރިކެޓްގެ އަމްޕަޔަރެއްގެ ގޮތުގައި ފަރުހަތު ވަނީ މަަސްކަތްކޮށްފައެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކޮށްފައިވެއެވެ.

ކްރިކެޓަށް ޚިދުމަތް ކުރުމުގައި އެތައް އަހަރެން ހޭދަކުރި ފަރުހަތުގެ މަސައްކަތް ދިވެހި ސަރުކާރުން ވެސް ވަނީ ބަަލައިގެންފައެވެ. އެގޮތުން 2003 ވަނަ އަހަރު އޭނާއަށް ވަނީ ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ޒުވާނުންގެ އިނާމު ލިބިފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ފަރުހަތަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް