Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 19:03
އެމެރިކާގެ ސަފީރު ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމައާއި ދައްތައާއެކު
އެމެރިކާގެ ސަފީރު ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަންމައާއި ދައްތައާއެކު
ޓްވިޓަރ
އެމެރިކާގެ ސަފީރު ރާއްޖޭގައި
ރިލްވާނާއި ޔާމީންގެ އާއިލާއާ ކޭޝަޕް ބައްދަލުކުރައްވައިފި
އާއިލާއިން ބުނަނީ އިންސާފު ހޯދޭނީ ބައިނަލްއަގްވާމީ މިނިވަން އިންސާފުވެރި ތަހުގީގެއްގެ ތެރެއިންކަމަށް

ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއާ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ބައްދަލުކުރައްވައިފިއެވެ.

މާލޭގައި އެމެރިކަން ސެންޓަރއެއް ގާއިމްކުރެއްވުމަށް ކެޝަޕް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެއާއިލާތަކާ ބައްދަލުކުރައްވާފައިވަނީ ބުދަ ދުވަހެވެ. ބައްދަލުކުރެއްވި ވާހަކަ އިއުލާން ކުރައްވާފައިވަނީ އެމަނިކުފާނުގެ ޓްވިޓަރ މެދުވެރުކޮށެވެ.

ބައްދަލުކުރެއްވުމަށް ފަހު ކެޝަޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރިލްވާނާ ޔާމީންގެ އާއިލާގެ ހިތާމައިގައި އެމަނިކުފާނު ވެސް ބައިވެރިވެޑައިގަންނަވާކަމަށެވެ.

ވަޅިން ހަމަލާ ދީ ރަހުމްކުޑަ ގޮތަކަށް ޔާމީން މަރާލާފައިވަނީ 23 އޭޕްރިލްގެ ފަތިހުގެ ވަގުތެއްގައެވެ. އެއަށް ފަހު ޔާމީންގެ ބައްޕަ، ހުސެން ރަޝީދު ވަނީ ލަންކާއަށް ދަތުރުކުރައްވާ ކޭޝަޕްއާއި އެމެރިކާ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އަދި ދަރިފުޅުގެ މިނިވަން، ބައިނަލްއަގްވާމީ ތަހްގީގެއް ކުރިއަށް ގެންދިއުމަށް ބާރުއަޅާ ދެއްދުމަށް ވަނީ އެދިފައެވެ.

އެމެރިކާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިލްވާންއާއި ޔާމީންގެ އާއިލާތަކާ ބައްދަލުކުރެއްވި އިރު، ބައްޕަ ހުސެން ރަޝީދު ހުރީ ޖެނީވާގައެވެ. އޭނާ ވަނީ އަދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 35 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަދައްކާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް