Advertisement
ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 11:36
އެމްޑީޕީ ޤައުމީ މަޖިލިސް ބައްދަލުވުން
އެމްޑީޕީ ޤައުމީ މަޖިލިސް ބައްދަލުވުން
އެމްޑީޕީ
އެމްޑީޕީގެ ޤައުމީ މަޖިލިސް
އެމްޑީޕީއަށް ސަރުކާރުން ލިބޭ ފައިސާ ބަހާނެ ގޮތްތައް ކަނޑައަޅައިފި
ސަރުކާރުން ދޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބަހަން ފައްޔާޒު ވައުދުވެވަޑައިގެންނެވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސަރުކާރުން ދޭ ފައިސާ ބަހާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި އެ އުސޫލު ފާސްކޮށްފިއެވެ.

މި އުސޫލު ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 5 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 71 މެމްބަރުން ބައިވެރިވިއިރު އުސޫލު ފާސްވެފައިވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު (އިިބުރޭ) "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ޕާޓީއަށް ސަރުކާރުން ދޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބަހަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މި 60 އިންސައްތައިގެ ތެރެއިން 20 އިންސައްތަ ފައިސާ ބަހާނީ ހުރިހާ ރަށަކަށް ހަމަހަމައަށް ކަމަށާއި 25 އިންސައްތަ ފައިސާ ވަކި ދާއިރާތަކަށް ބަހަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން 45 އިންސައްތަ ފައިސާ ދާއިރާތަކަށް ބަހަން ނިންމާފައިވަނީ އެ ދާއިރާއެއްގައި ތިބޭ މެމްބަރުންގެ ނިސްބަތުން ކަމަށާއި ބާކީ 10 އިންސައްތަ ފައިސާ، ހުރިހާ ދާއިރާތަކާ ގުޅުންހުރި ކަންކަމުގައި ބޭނުން ކުރުމަށް އެ އުސޫލުގައި ނިންމާފައިވާ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ސަރުކާރުން ދޭ ފައިސާގެ 60 އިންސައްތަ ދާއިރާތަކަށް ބެހުމަކީ އެ ޕާޓީގެ މިހާރުގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމަށް ވާދަކުރެއްވިއިރު ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރިއަށް އޮތް ކޮންގްރެސްއަށް ތައްޔާރުވުމަށް ކޮމިޓީތަކެއް ވެސް ވަނީ އެކުލަވާލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް