Advertisement
ކ. މާލެ
|
16 ޖުލައި 2022 | ހޮނިހިރު 07:07
އެސްޓީއޯ ގެ އިސްތިހާރެއް
އެސްޓީއޯ ގެ އިސްތިހާރެއް
އެސްޓީއޯ
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގުނަގަނީ
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
އެސްޓީއޯއިން ކަރުދާސް ކޮތަޅެއް ލިބޭނީ 2 ރުފިޔާއަށް
އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅެއް ލިބޭނީ 2.5 ރުފިޔާއަށް

އަންނަ އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކޮތަޅުން އަގު ނަގަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މިއީ ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެނުވުމުގެ ގޮތުންނާއި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ގެންނަ ބަދަލެކެވެ. އެގޮތުން، އާދީއްތަ ދުވަހުން ފެށިގެން ޕީޕަލްސް ޗޮއިސްއަށް ވިޔަފާރި ކުރަން ދާ ފަރާތްތަކުން ތިމާވެއްޓާ ރައްޓެހި ކޮތަޅުތައް ގެންދިޔުމަށް ވަނީ އެދިފައެވެ.

Advertisement

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކޮތަޅެއް ނުގެންދާނަމަ ވިޔަފާރި ކުރުމަށްފަހު ކޮތަޅު ލިބޭނީ ގަންނާށެވެ. އެގޮތުން، ކަރުދާސް ކޮތަޅެއް 2 ރުފިޔާއަށް ވިއްކާއިރު ޕްލާސްޓިކް ކޮތަޅެއް ލިބޭނީ 2 ރުފިޔާ 50ލާރި އަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރު ކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނީގެ އިދާރީ ކަންކަމުގައި ކަރުދާސް ބޭނުން ކުރާ އަދަދު ވެސް މަދުކޮށްފައެވެ. އަދި މި އަހަރު ރޯދަ މަހު އެ ކުންފުނިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގައި ކޫޕަން ވެސް ދޫކުރީ ޑިޖިޓަލްކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް