ކ. މާލެ
|
14 ޖޫން 2017 | ބުދަ 11:37
ހައްޖަށް މީހުން ގެންދިއުމުގައި ބަޔަކާ ހަވާލު ކުރުމުގައި ބޮޑެތި މައްސަލަތަކެއް
ހައްޖަށް މީހުން ގެންދިއުމުގައި ބަޔަކާ ހަވާލު ކުރުމުގައި ބޮޑެތި މައްސަލަތަކެއް
ރާއްޖެ އެމްވީ
ހައްޖު
ހައްޖު ކޯޓާއާ ގުޅޭ ކަންކަން އަލުން ކުރިއަށް ގެންދަން އަނެއްކާ ވެސް އޭސީސީން އަންގައިފި
ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް
ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އަލުން އިއުލާން ކޮށްގެން ކުރިއަށް ގެންދަން އެންގީ އަންގާރަ ދުވަހު
ކޯޓާ ދިނުމުގައި މީގެ ކުރިން ވެސް މައްސަލަ ޖެހި ވަނީ އަލުން އިއުލާނުކޮށްފައި

ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އަލުން އިއުލާން ކޮށްގެން ކުރިއަށް ގެންދަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދެ ވަނަ ފަހަރަށް އިސްލާމިކް މިނިސްޓްރީ އަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ކަންތައްތަކާ ގުޅޭ ގޮތުން އޭސީސީގެ ސިޓީއެއް އެ އިދާރާ އަށް އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އޭސީސީގެ ސިޓީއާ ގުޅިގެން އަމަލު ކުރާނެ ވަކިގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އޭސީސީން ބުނީ ހައްޖަށް ގެންދިއުމުގެ ކަންތައްތަކާ ގުޅޭ ގޮތުން ދެ ވަނަ އެންގުމެއް އިސްލާމިކް މިނިސްޓްރީ އަށް އެންގީ ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ދެ ވަނަ ފަހަރަށް ކުންފުނިތަކާ ހަވާލުކުރި ގޮތާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެންނެވެ. އެކަން މިހާރު ތަހްގީގުކުރަމުން ގެންދާ ކަމަށް ވެސް އޭސީސީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި މީހުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އޭސީސީން އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭސިސީން ބުނީ އަންގާފައިވާ ގޮތަށް އަމަލުނުކުރާ ނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

އޭސީސީން އަލުން އިވެލުއޭޓު ކުރަން އަންގާފައިވަނިކޮށް މި މަހުގެ ހަތް ވަނަ ދުވަހު އިވެލުއޭޓު ނުކޮށް ކޯޓާ ދޭން ނިންމާފައިވަނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށާއި ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑަށެވެ. އެގޮތަށް ނިންމީ އަވަސް ގޮތެއްގައި ކަންކަން ހަމަނުޖެހިއްޖެ ނަމަ ހައްޖަށް މީހުން ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. 

އަލުން އިވެލުއޭޓު ކުރަން އަންގާފައިވަނިކޮށް އިވެލުއޭޓު ކުރުމެއް ނެތި ހައްޖު ކޯޓާ ދޭނެ ކުންފުނިތައް ކަނޑައެޅި މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

އެކްރޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އޭސީސީގެ އެންގުމާ ހިލާފަށް އަމަލުކޮށްފައިވާތީ އެ ނިންމުން ބާތިލުކޮށް ބިޑު ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލުތައް އިވެލުއޭޓުކޮށްގެން ކޯޓާ ދޭނެ ކުންފުނިތައް ހޯދުމަށް އަމުރުކޮށްދިނުމަށް އެދިއެވެ.

މިއަހަރު ހައްޖަށް މީހުންގެންދާނެ ގްރޫޕްތައް ކަނޑައެޅީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި އާއްމުކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުގައި ހިމެނޭ ބައިތަކާއި އެބައިތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ މަޢުލޫމާތު ޕްރީބިޑް މީޓިންގައި ދީފައިވީނަމަވެސް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައި ވަނީ ޕްރީ ބިޑު މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިޔުންތަކުން އެނގޭ ކަމަށެވެ.

 ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައެޅިއިރު ޚިދުމަތާއި ޚިދުމަތުގެ ފެންވަރުގެ ބަޔަށް ދޭން ކަނޑައަޅާފައިވާ %50 ބަހާލެވިފައިވާ ކެޓަގަރީތަކާއި އެކެޓަގަރީތަކަށް ދޭނެ ޕޮއިންޓް ޕްރީބިޑް މީޓިންގައި ދީފައިވީ ނަމަވެސް، ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމުގައި އެކެޓަގަރީތަކަށް ކަނޑައެޅި ޖުމްލަ މާކްސް ސަބްކެޓަގަރީތަކަކަށް ބަހާލައިގެން ދީފައިވާއިރު އެ ސަބްކެޓަގަރީތަކަކީ ކޮބައިކަމާއި ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅި ގޮތުގެ ތަފްޞީލް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާ ޙިއްޞާކޮށްފައިނުވާކަން އެނގޭ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އެހެންވުމުގެ ސަބަބުން، ސަބްކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ބައެއް ބައިތަކުގެ މަޢުލޫމާތު ބިޑު ހުށަހެޅި ބައެއް ފަރާތްތަކުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބިޑު ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައި ވަނީ އެ މަޢުލޫމާތު އެފަރާތްތަކަށް ލިބިފައިނުވުމުގެ ސަބަބުން އެ މަޢުލޫމާތަކީ ހުށަހަޅަންޖެހޭ މަޢުލޫމާތުކަން ނޭނގޭތީ އެ މަޢުލޫމާތު ހުށަހަޅާފައިނުވުމުންކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން ބުނީ މިކަމުގެ ސަބަބުން ބިޑުގައި ވާދަކުރުމުގެ ހަމަހަމަ ފުރުޞަތު ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއިއަދި ބިޑުތަކަށް ޕޮއިންޓް ދެވިފައިވަނީ ވެސް ހަމަހަމަ އުޞޫލުންކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. އަދިމިއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުޙުމަތުކުރެވޭތީ، ޕްރީބިޑް މީޓިންގގައި ދީފައިވާ މަޢުލޫމާތުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ “ޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ މިންގަނޑު” އަކީ އިވެލުއޭޓްކުރެވޭނެ މިންގަނޑެއް ނޫން ކަމަށް ވާތީޙައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގގައި ދެވުނު މަޢުލޫމާތުގައި ހިމަނާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށް އޭސީސީން ބުނެފައި ވެއެވެ.

އޭސިސީން ބުނީހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިފައިކޮށްފައިވާ ނުވަފަރާތުގެ ތެރެއިން ތިންފަރާތް ފިޔަވައި އަނެއް ހަފަރާތް ޑިސްކޮލިފައިކޮށްފައިވަނީ ބިޑު ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރަނގަޅަށް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

އޭސީސީން ވަނީ،އިސްލާމިް މިނިސްޓްރީގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށާއި ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރާއިރު އިވެލުއޭޝަން ކޮމިޓީގައި މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭގޮތަށްއާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލުމަށް އްނަގާރަފައެވެ. އަދިއިވެލުއޭޓްކުރަންވާނީ ޕްރީބިޑް މީޓިންގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށްކަމަށާއި، އިވެލުއޭޝަން ކޮމިޓީން ފަހުން ތައްޔާރުކޮށްފައިވާ މިންގަނޑަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ހަދާފައިވާ މިންގަނޑެއްކަމަށް ތުޙުމަތުކުރެވޭތީ، އެ މިންގަނޑު ބާޠިލްކުރުމަށް ފަހު އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް އިވެލުއޭޓްކުރުމަށް، އިސްލާމިކް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

މި އަހަރު ހައްޖަށް މީހުން ގެންދަން 15ކުންފުންޏަކުން ކުރިމަތިލިއިރުކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީހައްޖާއި އުމުރާއަށް މީހުން ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހަކު އަމިއްލައަށް އިއުތިރާވްފާއޯޑިއޯތަކެއް ލީކުވެފައިވަނިކޮށެވެ.އޮފިޝަލް ބޭނުންވާ ގޮތައް ގުރޫޕްތައް ކަނޑައެޅުމުގައި ޢަމަލް ކުރާނެ ކަމަށާއި އޭނާއަށް އެކަމުން މާލީ ފައިދާއެއް ލިބިދާނޭ ފަދަ ގޮތަކަށް އެކަން ކުރަމުންދާކަން އޯޑިއޯއިން ހާމަވެ އެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ފުރަތަމަ ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.

- ކޮމެންޓް
14 ޖޫން 2017 | ބުދަ 13:39
ކިރު
ރާއްޖެ އެމްވީ ޕުލީސް ....އެސްޓީއޯ ކައިރިން އަހާލަ ދީބަލަ ޑެވޮންޑޭލް ލަކީޑުރޯ އަށް ކިހިނެތް ތޯވީ