Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 19:38
އެމެރިކާއިން ގަތަރަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު ޑާނާ ޝެލް ސްމިތް
އެމެރިކާއިން ގަތަރަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު ޑާނާ ޝެލް ސްމިތް
ގޫގުލް
ގަތަރު މައްސަލަ
ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އިސްތިއުފާ ދެއްވައިފި
ޑާނާ ސްމިތް ސަފީރުކަމުގައި ހުންނަވައިގެންވެސް ވަނީ، ރައީސް ޓްރަމްޕްގެ ޒައާމަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ
ގަަތަރާއި މެދު ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ތަކާއި މެދު ޑާނާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަނވާ ކަން ވަނީ ހާމަކުރައްވާފައި

އެމެރިކާއިން ގަތަރަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު އިސްތިއުފާ ދެއްވައިފިއެވެ.

 

ސަފީރު ޑާނާ ޝެލް ސްމިތް އިސްތިއުފާދެއްވާފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް،  ޕާޝިއަން ގަލްފްގެ ގައުމުތަކާއު ގުޅޭ ގޮތުން ވިދާޅުވި ފާޑުކިއުންތަކާި ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައިވަނީ އަންގާރަ ދުވަހު (މިއަދު) އެވެ.

 

ސަފީރު އިސްތިއުފާ ދެއްވީ، ގަަތަރާ މެދު ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ތަކާ މެދު ވަރަށްބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

ޑާނާ ސްމިތް ސަފީރުކަމުގައި ހުންނަވައިގެންވެސް ވަނީ، ރައީސް ޓްރަމްޕްގެ ޒައާމަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

 

އެގޮތުން  މިދިޔަ މަހު ޑާނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، " ކޮންމެ ދުވަހަކު ހޭލައިގެން އެމެރިކާއިން ހިންގާ ކަންކަން އޮޅުންފިލިވައިދޭން އުނދަގޫ" މިހެންނެވެ.

 

ސައުދީން ގަތަރާއި ގުޅުން ކަނޑާލުމުގެ ކުރިންވެސް އެމެރިކާއިން ގެންދަނީ ގަތަރަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް