Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 18:01
އަލި ރަސްގެފާނުގެ ޒިޔާރަތް
އަލި ރަސްގެފާނުގެ ޒިޔާރަތް
ރާއްޖެ އެމްވީ
އަލިރަސްގެފާނުގެ ޒިޔާރަތް
އަލިރަސްގެފާނުގެ ޒިޔާރަތް ކޮންނަން ފަށައިފި
އަލިރަސްގެފާނުގެ ޒިޔާރަތް ކޮންނަނީ ޝަހީދު އަލީ ހިނގުމުގައި ހެދޭ ފެން ހިންދުމަށް ޕަންޕް ސުޓޭޝަންއެއް ގާއިމްކުރުމުގެ މަސައްކަތެއް
މަސައްކަތް ނިމޭއިރު އަލިރަސްގެފާނުގެ ޖިހާދާއި ޒިޔާރަތުގެ  ގޮތަށް ގޯތި ތެރެއަށް ބަދަލުތަކެއް އަންނާނެ

އަލިރަސްގެފާނު ޒިޔާރަތް ބަންދުކޮށް އެތަން ކޮންނަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްކޮންފަރެންސެއްގައި ހައުސިން މިނިސްޓަ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލިރަސްގެފާނު ޒިޔާރަތް ކޮންނަނީ، ޝަހީދު އަލީ ހިނގުމުގައި ހެދޭ ފެން ހިންދުމަށް ޕަންޕް ސްޓޭޝަންއެއް ގާއިމްކުރުމުގެ މަސައްކަތެއް ކަމަށެވެ.

އެ ޒިޔާރަތައް ވަންނަ ދޮރު ކުރިމަތިން ވަނީ ބޮޑު ސަރަހައްދެއް ކޮނެފައެވެ.

މިކަމާ ގުޅޭ ގޮތުން ހެރިޓޭޖް ޑިޕާޓްމެންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލިރަސްގެފާނު ޒިޔާރަތުގައި މަރާމާތުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ޒިޔާރަތް ހުންނަ ތަން ވަކިކޮށް، ބިތްގަނޑެއް ޖަހައި އެތަނަށް ގެއްލުން ނުލިބޭނޭ ގޮތަށްކަމަށެވެ. 

އަދި މިފަދަ ތަންތަނަކީ އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތަށް ހުރުން މުހިއްމު ތަންތަން ކަމަށްވާތީ މިތަނުގެ މަސައްކަތް ނިމޭއިރު އަލިރަސްގެފާނުގެ ޖިހާދާއި ޒިޔާރަތުގެ މައުލޫމާތު އާއްމުންނަށް ލިބޭ ގޮތަށް ގޯތި ތެރެއަށް ބަދަލުތަކެއް އަންނާނެކަމަށެވެ.  ނަމަވެސް އެއީ ކޮން ބަދަލުތަކެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ހެރިޓޭޖުން ބުނިގޮތުގައި އެތަނުގެ އެންމެ ބޮޑު ޒިންމާ އަކީ އާސާރީ ތަންތަން ބެލެހެއްޓުން ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލްކުރުން ކަމަށް ވާތީ، އެފަދަ ތަންތަނުގައި ކުރާ އެއްވެސް މަސައްކަތެއް ކުރެވޭނީ އެތަނަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް