Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 17:39
ހައްޖަށް ދިއުމަށް ފުރަން ގޮސްތިބި ހައްޖާޖީންތަކެއް
ހައްޖަށް ދިއުމަށް ފުރަން ގޮސްތިބި ހައްޖާޖީންތަކެއް
ގޫގުލް
ހައްޖު ކޯޓާ
ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!
ކޯޓާ އިތުރަށް  ހޯދުމުގެ މަސައްކަތް ކުރިއަށްދޭ
ސައުދީން ރާއްޖެއަށް ދެމުންއައި ކޯޓާގެ އަދަދު 1000 އަށް އިތުރު ކުރީ، 2015 ވަނަ އަހަރު

ރާއްޖެއަށް މިހާރުވެސް ލިބިފައިވާ 1000 ކޯޓާގެ އިތުރުން މިއަހަރު ލިބޭނޭކަމަށް ރައީސް ޔާމީން ވިދާޅުވި އިތުރު 1000 ކޯޓާ އަދި ހަމަޖެހިފައި ނުވާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

 

ސައުދީން ރާއްޖެއަށް މިއަހަރުވެސް މިހާތަނަށް ޔަގީންވެފައިވަނީ 1000 ކޯޓާއެވެ. ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިން ހަސަން ސިނާން ވިދާޅުވީ، 1000 ކޯޓާ އިތުރަށް  ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

 

"އަޅުގަނޑުމެން މި ދަނީ ސައުދީން ވިދާޅުވި 1000 ކޯޓާ ހޯދުމުގެ މަސައްކަތްކުރަމުން، ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން" ހަސަން ސިނާން ވިދާޅުވިއެވެ.

 

ހައްޖަށް މީހުން ގެންދާ އަމިއްލަ ގުރޫޕެއްގެ އިސްބޭފުޅަކު ވިދާޅުވީ، ސަރުކާރުން އެ ވިދާޅުވާ 1000 ކޯޓާ ހަމަނުޖެހޭނެކަން އަދި އަންގާފައި ނުވާކަމަށެވެ. ނަމަވެސް، ޖާގަ ލިބުމުގައި މިފަހަރު ދަތިތަކެއް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

ސައުދީން ރާއްޖެއަށް ދެމުންއައި ކޯޓާގެ އަދަދު 1000 އަށް އިތުރު ކުރީ، 2015 ވަނަ އަހަރު ރައީސް ޔާމީން އެގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

 

ސައުދީން ރާއްޖެއަށް ދިން 1000 ކޯޓާގެ ތެރެއިން 50 ކޯޓާ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ނެންގެވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެމައްސަލަ އޭސީސީއަށްވެސް ހުށައެޅުނެވެ. އެހެންނަމަވެސް އޭސީސީން ބުނެފައިވަނީ އެކަން އެގޮތަށް ހިނގާފައި ނުވާކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް