Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 17:24
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަޒުމޫން އަހުމަދު
އަހުމަދު އަދީބު
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި
އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ
އަދީބަށް ކެންސަރުގެ ނުރައްކާ އެބަ އޮތް

ތިރީސް ތިން އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ނުދިނުމުން އެމައްސަލައިގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ހުށައަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖާއި  އަދީބުގެ އާއިލާގެ ފަރާތުންނެވެ. 

ސިރާޖު ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކުގައި އެއްވެސް ފަރާތަކުން ޒިންމާ ނުނަގާތީ ކަންބޮވާކަމަށެވެ. އަދީބަށް ބޭސްފަރުވާ ކުރަން ޖެހޭއިރު ފުލުހުން ބުނަނީ އެކަމުގައި ޒިންމާ ނަގާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ބުނަނީ އަދީބު ހުންނެވީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ސިރާޖު ވިދާޅުވީ އެއްވެސް މުއައްސަސާއަކުން އަދީބަށް ބޭސްފަރުވާ ކުރަން ނުޖެހޭކަމަށް ދޮގު ކުރާކަށް ނުކެރޭކަމަށެވެ. އަދި އެކަމާ ނުހަނު ކަންބޮޑުވާކަމަށާއި އަދީބަށް ވީހާވެސް އަވަހަކަށް ބޭސްފަރުވާ ކުރަން ޖެހޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މީގެ އިތުރުން ސިރާޖު ވިދާޅުވީ އަދީބުގެ ހަށިގަނޑަށް އަންނަ ބަދަލަކީ މި ބަލިތަކުގެ ސަބަބުން އަންނަ ބަދަލުތައް ކަމަށެވެ. އަދީބުގެ ހަށިގަނޑަށް ވަނީ ޖަލަށްލީފަހުން ބަރުދަން ވަރަށް ބޮޑުތަން ލުއިވެފައެވެ.

ސިރާޖު މީގެ ކުރިން  ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދި ފައިވާއިރު، އެތެރެހަށީގައި ސިސްޓްތަކެއް ހުރި ކަމަށާއި ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ވަނީ އަދީބަށް ޖެހިފައިވާކަމަށެވެ.

މިކަންކަމަށް ފަރުވާނުކުރެވި ލަސްވެއްޖެ ނަމަ، އަދީބު ޖަލުގެ ގޮޅިތެރޭގައި މަރުވާނެ ކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް