Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 16:08
އެމެރިކަން ސެންޓަރުގެ އާ އިމާރާތް ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް ހުށުވައިދެއްވަނީ
އެމެރިކަން ސެންޓަރުގެ އާ އިމާރާތް ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް ހުށުވައިދެއްވަނީ
ރާއްޖެއެމްވީ
އެމެރިކަން ސެންޓަރ
ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމުގެ އުންމީދު ދުލެއް ނުކުރަން: ކެޝަޕް
ރާއްޖެއަކީ ޑިމޮކްރަސީގެ ނަމޫނާއަކަށް ހެދުމަށް ދެކޭ އުންމީދު ދުލެއް ނުކުރަން
އެމެރިކަން ސެންޓަރުގެ އާ އިމާރާތުން ހުރިހާ ހިދުމަތްތަކެއް ލިބޭނެ

ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ޑިމޮކްރަސީ އާއި ހަަމަޖެހުމުގެ ނަމޫނާއަކަށް ހެދުމަށް އެމެރިކާއިން އަބަދުވެސް ބޭނުންވާ ކަމަށާއި އެއަޒުމަށް ބަދަލެއް ނާންނަކަމަށް ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިންގާ އެމެރިކަން ސެންޓަރގެ އާ އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެޝަޕް ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އެމެރިކަން ސެންޓަރގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރްތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެެވި އެވެ. ސެންޓަރ ހުޅުވައިދެއްވީ އެމްބެސެޑަރ ކެޝަޕްއެވެ.

ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކެޝަޕް ވަނީ ޖޫން 7 ވަނަ ދުވަހު އިގިރޭސިވިލާތް އިސްވެ، އެމެރިކާ ހިމެނޭގޮތަށް ނެރެފައިވާ ބަޔާނަށް އިޝާރާތްކުރައްވާފައެވެ. ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ވުމަކީ އެމެރިކާއިން އަބަދުވެސް ދެކޭ ތަސައްވުރެއް ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނާނޭ ކަމުގެ ޔަގީންކަން ކެޝަޕް ވަނީ އަރުވާފައެވެ.

'ހުރިހާ ބޭފުޅުން މިހާރު ވާނީ އަޑުއައްސަވާފަ، ޖޫން 7 ވަނަ ދުވަހު ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް، ހާލަތު ރަގަޅުކުރުމަށް ގޮވާލާ އިގިރޭސިވިލާތުން ނެރެ، އެމެރިކާ އިން ތާއީދުކޮށް ނެރުނު ބަޔާން. ރާއްޖޭގެ ބައިވެރިއެއްގެ ހައިސިއްޔަތުންނާއި ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑު ބޭނުންވޭ އެ ޔަގީންކަން އަރުވަން، އަޅުގަނޑުމެން ރާއްޖެއާއި މެދު ކުރާ އުންމީދު ކަނޑައެއް ނުލަން. އެެމެރިކާގެ ރައްޔިތުންނާއި އެމެރިކާގެ ސަރުކާރުން ގަބޫލުކުރަނީ ރާއްޖެއަކީ އަމާން، ތަރައްގީވެފައިވާ، މެދުމިނުގެ ހަމަތަކަށް އަމަލުކުރާ، ނަމޫނާ ޑިމޮކްރަސީއަކަށް ވެގެންދާނޭ ކަަމަށް. ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނަމޫނާ ޑިމޮކްރަސީ އަކަށް ވުން،" ކެޝަޕް ވިދާޅުވި އެވެ.

ކެޝަޕްގެ ވާހަކަފުޅުގައި 2004 ވަނަ އަހަރުން ފެށިގެން އެމެރިކަން ކޯނަރގެ ނަމުގައި ފެށި މަސައްކަތް ތަރައްގީވެ، މުޅިން އާ އިމާރާތެއްގައި ހުޅުވުމުގައި ކުރެވުނު މަސައްކަތްތަކަށް ބައްލަވާލައްވާފައިވެ އެވެ.

މިނިސްޓަރ އިރްތިޝާމްގެ ވާހަކަފުޅުގައި އެމެރިކާއިންނާއި އެމެރިކަން ސެންޓަރުން ރާއްޖޭގެ ޒުވާނުން ތަރައްގީކުރުމަށް އެގައުމުން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.  އަދި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި މަސައްކަތް ފެނިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމެރިކަން ސެންޓަރގެ އާ އިމާރާތަކީ އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކޮށްފައިވާ މަސައްކަތެއް ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. އެމެރިކާއިން އެއް ލައްކަ ޑޮލަރު ހަރަދުކޮށްގެން ހުޅުވި ސެންޓަރުގައި މުޅިން އާ ވަސީލަތްތައް ގާއިމްކުރެވިފައިވާ އިރު، ސެންޓަރުން އާންމުކޮށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ. އެމެރިކަން ސެންޓަރގެ އާ އިމާރާތް ހަދާފައިވަނީ އެމްބީސީ ބިލްޑިންގްގެ ތިން ވަނަ ބުރީގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް