Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 14:00
ޑރ. ހުސައިން ނިޔާޒުއަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވަނީ: ރާއްޖެ އާއި ޔޫއޭއީ އިން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައި
ޑރ. ހުސައިން ނިޔާޒުއަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވަނީ: ރާއްޖެ އާއި ޔޫއޭއީ އިން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައި
ރައީސް އޮފީސް
ވިޔަފާރީގެ އެއްބަސްވުން
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
މިއީ މަޖިލީހުން ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ މަޖިލީހަށް ފޮނުވި މައްސަލައެއް

ދިވެހިރައްޖޭ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ސަރުކާރުން ނިންމާފައިވާތީ، އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިއަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާ އެކު ދިވެހިރާއްޖެއިންވާ މުއާހަދާތަކާ އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތުގެ މުއާހަދާތަކާއި އެނޫން ވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުން ވާނެ ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވާތީ، "އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ދަ ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރުމުގެ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވުމުން އެކޮމެޓީން ވެސް ވަނީ ރުހުން ދިނުމަށް ނިންމާފަ އެވެ.

އެކޮމެޓީން އެގޮތަށް ނިންމުމާއެކު މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޔޫއޭއީ އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 65 މެމްބަރުންގެ އިއްތިފާގުންނެވެ. ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ 01 މެމްބަރަކު އިންނެވި އެވެ. 

އޫއޭއީ އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރަން ނިންމާފައިވާއިރު، މިދުވަސްވަރަކީ ޔޫއޭއީ ހިމެނޭ އަރަބި އަދި ގަލްފް ސަރަހައްދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ދުވަސްވަރެކެވެ. އެގޮތުން ސައުދީއަރަބިޔާ އިސްކޮށްއޮވެ، ގަތަރާ އޮތް ހުރިހާ ގުޅުމެއް ވަނީ ކަނޑާލުމަށް ބައެއް ގައުމުތަކުން ނިންމާފައިވާއިރު، ގަތަރު ހިމެނޭ ސަރަހައްދުގެ ގިނަ ގައުމުތަކެއް ވަނީ ގަތަރާއެކު އޮތް ގުޅުން ކަނޑާލާފަ އެވެ. ހަމައެގޮތަށް ރާއްޖެއިން ބުނެފައިވަނީ ގަތަރާއެެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް