ކ. މާލެ
|
25 ޖޫން 2022 | ހޮނިހިރު 13:23
ކޯސްޓް ގާޑް- ޙާދިސާގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:54 ހާއިރު
ކޯސްޓް ގާޑް- ޙާދިސާގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:54 ހާއިރު
އެމްއެންޑީއެފް
ފަތުރުވެރިއަކު މަރުވުން
ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޙާދިސާގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:54 އެހާކަންހާއިރު
ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ
އެ މީހާގެ ހަށިގަނޑު، 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނެގި

ގެއްލުނު ފަތުރުވެރިޔަކު ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި އެމްއެންޑީއެފް ސެކަންޑް ސްކޮޑްރަންއަށް ފެނިއްޖެއެވެ.

ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:54 ހާއިރުއެވެ.

Advertisement

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށާފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހެނދުނު 09:36 ހާއިރު، އެ ފަތުރުވެރިޔާގެ ހަށިގަނޑު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ވަނީ ފެނިފައެވެ.

އަދި، އެ މީހާގެ ހަށިގަނޑު، 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ކްރޮސްރޯޑްސްއަށް ބާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް