Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 23:29
ޠައްޔިބު ޝަޙިމް
ޠައްޔިބު ޝަޙިމް
ރާއްޖެއެމްވީ
ޠައްޔިބު ޝަހީމް
ދޮގު މައުލޫމާތު ފަތުރާ ކަމަށްބުނެ ޠައްޔިބު ފުލުހަށް ހާޒިރުކޮށް ބަޔާންނަގައިފި
ހާޒިރުކޮށްފައި ވަނީ ހޯމަ ދުވަހު މެންދުރު 13:00 އަށް
ބިރުވެރިކަން ފަތުރާކަމަށްބުނެ ކުރިން ވަނީ ހައްޔަރުކޮށްފަ
ތުހުމަތުކުރަނީ ދޮގު މަޢުލޫމާތު ފަތުރާ ކަމަށް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔަމީން ރަޝީދުގެ މަރާއި ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް ކުރި ޓްވީޓަކާއި ގުޅިގެން އެނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޠައްޔިބު ބުނީ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް އެނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަޙްގީގާއި ގުޅިގެން އެނާ ކުރި ޓްވީޓަކާއި ގުޅިގެން ކަމަށެވެ. އެއީ އޭޕްރީމް މަހުގެ 27 ވަނަ ދުވަހު ކުރި ޓްވީޓެއްކަމަށް އެނާ ބުންޏެއެވެ. އަދި އެކަމާއި ގުޅިގެން ފުލުހަށް ބާޔާން ވެސް ދީފާއިވާ ކަމަށް އޭނާ ބުންޏެއެވެ.

 

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަދައްކާކަމަށް ތުހުމަތުކޮށް މީގެ ކުރިންވެސް ފުލުހުން ވަނީ ޠައްޔިބު ހައްޔަރުކޮށްފައެވެ. އެގޮތުން މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެރޭ އޭނާ ހައްޔަރުކޮށް، ފޯނު އަތުލައި، މަސްދުވަހު ހައްޔަރުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހުއެވެ.

 

ސަރުކާރުން ހިންގާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި، އުސޫލާއި ޚިލާފު އެފަދަ އެހެން ކަންކަން ހާމަކުރުމުގައި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދަނިކޮށް، ޠައްޔިބު ހައްޔަރުކުރުމާއި ގުޅިގެން އެމްނެސްޓީ އިންޓަރނޭޝަލްއިން ވަނީ ޠައްޔިބަށް ޟަމީރުގެ ޤައިދީގެ ލަގަބު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް