ކ. މާލެ
|
23 ޖޫން 2022 | ބުރާސްފަތި 06:59
ހައި ސްޕީޑް ފެރީ
ހައި ސްޕީޑް ފެރީ
އެމްޓީސީސީ
ހައި ސްޕީޑް ފެރީ ނިޒާމު
ހައި ސްޕީޑް ފެރީ ނިޒާމު: ށ. އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން މަސައްކަތް ފަށައިގަނެވޭނެ
ޚިދުމަތް ފަށައިގަތުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓެގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތުގެ މަސައްކަތް ށ. އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން މަސައްކަތް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ ށ. އަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން މަސައްކަތް ފަށައިގަނެވޭނެ ކަމަށް ލަފާކުރެވޭއިރު ލޯންޗުތައް ބަނދެ، މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

Advertisement

މި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ. އަތޮޅު ގުޅާލުމަށް ވަނީ ނިންމާފައެވެ. އާޒިމް ވިދާޅުވީ ހއ. އަދި ށ. ގެ ފޭސްގެ މަސައްކަތް ޖުލައި މަސް ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށެވެ. ހއ. ގައި މި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަނީ މި މަހުގެ ތެރޭގައިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ފުރަތަމަ ކާމިޔާބިއަކީ ހދ އަތޮޅުގައި ޕްރޮޖެކްޓް ފަށައިގަތުން ކަމަށެވެ. އަދި ދަތުރުފަތުރުގެ ކަންތައްތައް ވެސް ހަމަޖައްސާފައިވަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ކަމުގައިވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހއ. އަށް ނަގާފައިވާ މުވައްޒަފުންގެ ތަމްރީނުތައް ނިމިފައިވާ ކަމަށެވެ. ވަޒީފާއަށް ނަގާ ކޮންމެ މުވައްޒަފަކަށް ވެސް އެއް މަސް ދުވަހުގެ ތަމްރީނެއް ދޭ ކަމަށާއި މިގޮތަށް އަމަލު ކުރަނީ އެމްޓީސީސީން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުން އުފަލާއެކު ބަލައިގަންނަ ޚިދުމަތްތަކަށް ހެދުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި ނ، ރ، ބ، ޅ، ގއ، ގދ، ޏ، އަދި ސ ގުޅާލާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ޕޯޓަލްގެ އިތުރުން މޮބައިލް އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެއެވެ. ދަތުރު ކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވިދާނެ ކަމަށާއި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެ ކުއްޖަކަށް ދަތުރު ކުރެވޭނެއެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ދަށުންނެވެ. މި ސަރަހައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް 40އާ 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗް ބޭނުންކުރާނެއެވެ. މީގެ އިތުރުން ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތްދިނުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތައާރަފުކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް