ކ. މާލެ
|
12 ޖޫން 2017 | ހޯމަ 22:42
ގަލޮޅު ދެނުކުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް
ގަލޮޅު ދެނުކުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ޖަލުން މިނިވަންވި ފަހުން ސިފައިންނާ ފުލުހުންގެ ބައެއް އޮފިޝަލުން ބައްދަލު ކުރި: މަހްލޫފް
ފަނޑިޔާރުން ރައީސް ޔާމީނާއި އެކު ހަރާބްގެ ތެރެއަށް ނުދިއުމަށް ގޮވާލަން
އަދުލުއިންސާފާއި މެދު ރައްޔިތުންގެ އިތުބާރު ލިބޭނީ ވެރިކަން ބަދަލުވުމުން
ކޮންމެ ގޮތެއްވިޔަސް އިންތިޚާބު ޖެހޭނީ ބާއްވަން

އިންތިހާބަކާއި ނުލައި ސްޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީނާއި ވެރިކަން ހަވާލުކުރި ނަމަވެސް އެމަނިކުފާނަން ގާނޫނު އަސާސީއާއި ހިލާފަށް އެންމެ ދުވަހަކު ވެސް ވެރިކަމުގައި ނުހުރެވޭނެ ކަމަށް ގޮލުޅު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލުފް ވިދާޅުވެއްޖެއެވެ.

 

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޯޔޫގެ ތަރުޖަމާންކަންވެސް ކުރައްވާ އަހުމަދު މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް ބާއްވަން ރައީސް އަބްދުﷲ ޔާމީނަން މަޖުބޫރުވެ ވަޑައިގަންނަވާނެ ކަމަށެވެ. އިންތިހާބާއި ނުލައި 2018 ގައި ވެރިކަން ސްޕްރީމް ކޯޓުން ރައީސް ޔާމީނަން ހަވާލުކުރި ނަމަވެސް އެމަނިކުފާން ގާނޫނު އަސާސީ އާ ހިލާފަށް އެންމެ ދުވަހަކު ވެސް ވެރިކަން ކުރުމުގެ ފުރުސަތު  ދިވެހި ފުލުހުންނާއި ސިފައިން ވެސް ނުދޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

 

ޖަލުން މިނިވަންވުމަށް ފަހު، ސިފައިންނާއި ފުލުހުންގެ  ބައެއް އޮފިޝަލުން ބައްދަލު ކުރިކަން ފާހަގަ ކުރަމުން މަހުލޫފް ވިދާޅުވީ ދިވެހި ފުލުހުންގެ ހިތްތަކުގައި ސަރުކާރުން ވަނީ ބިރުވެރިކަން އުފައްދާފައި ކަމަށެވެ. މިއަދު ފުލުހުންނާއި ސިފައިން ވެސް އުންމީދަކީ މި ސަރުކާރު ބަދަލުވުން ކަމަށް އެނާ ވިދާޅުވިއެވެ.

 

އަދުލުއިންސާފްގެ ނިޒާމަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުވީ މި ރާއްޖޭގެ އަދުލު އިންސާފް ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބްވުމުން ކަމަށެވެ. އަދުލު އިންސާފް ނިޒާމްގެ ކަންކަން ހުރި މިންވަރު މަހުލޫފްގެ އިސްތިއުނާފް މައްސަލައަށް ބަލާލުން ދޭހަވާކަމަށް ވެސް އެނާ ވިދާޅުވީއެވެ.

 

މަހުލޫފް ވަނީ ރާއްޖޭގެ ޖޫޑިޝަރީގައި މަސައްކަތް ކުރާ އެންމެހާ ފަރާތަކަށް ރައީސް ޔާމީނާއި އެކު ހަލާކުގެ ތެރެއަށް ނުދިއުމަށް ގޮވާލައްވާފައެވެ.

 

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބް ވާނެ ކަމަށާއި މި މަސައްކަތް ކާމިޔާބްކޮށް ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.

- ކޮމެންޓް