ކ. މާލެ
|
20 ޖޫން 2022 | ހޯމަ 19:51
ބަންގްލާދޭޝްއާއި އިންޑިޔާގައި ފެންބޮޑުވުން
ބަންގްލާދޭޝްއާއި އިންޑިޔާގައި ފެންބޮޑުވުން
ގެޓީ އިމޭޖަސް
ފެންބޮޑުވުން
އިންޑިޔާއާއި ބަންގްލާދޭޝްގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ އެތައްމިލިއަން މީހުން ހާލުގައިޖެހިއްޖެ
މިއީ 2004ގެ ފަހުން ބަންގްލާދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން އެންމެ ނުރައްކާވި ފަހަރު ކަމަށްވޭ

އިންޑިޔާއާއި ބަންގްލާދޭޝްގެ ބައެއް ހިސާބުތަކަށް މޫސުމީ ވިއްސާރައިގައި ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންނާއި ހޮނުއެޅުމުގެ ސަބަބުން 59 މީހުން މަރުވެ އެތައް މިލިއަން މީހުން ހާލުގައި ޖެހިއްޖެއެވެ. ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިއުމުގެ ހާދިސާތަކުގައިވެސް އެތައްބަޔަކުމަރުވެ އެކި އަނިޔާތައް ލިބިފައި ވެއެވެ. ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން އެތައް މިލިއަން މީހުންނަށް އެއްތަނުން އަނެއްތަނަށް ނުދެވި އެކި ތަންތަނުގައި ބަންދުވެފައި ތިބެންޖެހިފައިވުމާއެކު، އިމަރޖެންސީ އެހީދޭ ފަރާތްތަކުން ދަނީ އެމީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއްފަރާތްކުން ބުނެފައިވާ ގޮތުން، ބޮޑުވި ފެންގަޑުން ސަލާމަތްވުމަށް ފުރާޅުމައްޗަށް އެރިގޮތަށް އެއްރޭ އެއްދުވާ އެތަނުގައި ހޭދަކުރަން ޖެހިފައިވެއެވެ.

މޫސުމާބެހޭ އިދާރާތަކުން ލަފާކުރާގޮތުގައި، ކުރިޔަށް އޮތް ދެތިން ދުވަހުވެސް އިންޑިޔާ-ބަންގްލާދޭޝް ގުޅޭ ހިސާބުގެ ސަރަހައްދުތަކަށް އަދިވެސް ވިއްސާރަކޮށް ފެންބޮޑުވާނެއެވެ.

ބަންގްލާދޭޝްގެ ސަރުކާރު އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިއީ 2004 ވަނަ އަހަރަށް ފަހު އެގައުމުގައި ހިގި ފެންބޮޑުވުމުގެ އެންމެ ބޮޑު ހާދިސާއެވެ.

އިންޑިޔާއާއި ބަންގްލާދޭޝްގައި ފެންބޮޑުވުން - ގެޓީ އިމޭޖަސް

ނިމުނު ހަފުތާގައި ކުރި ވިއްސާރައިގެ ސަބަބުން ބަންގްލާދޭޝްގެ އިރުއުތުރުގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާއިރު، އަވަށްޓެރި އިންޑިޔާގެ ފަރުބަދަތަކުގެ މަތިން އޮހިގެން އައި ފެންގަނޑުންވެސް މިހިސާބަށް އަސަރު ކޮށްފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ސްކޫލްތައް ހަމަޖައްސާފައިވާއިރު، ގިނަ އަދަދެއްގެ ސިފައިންވެސްވަނީ އެހީގެ މަސައްކަތަށް ނެރެފައެވެ.

މި ވިއްސާރައިގައި އިންޑިޔާގެ އާސާމްއަށް ވެސް ފަސް ދުވަސް ވަންދެން މެދުނުކެނޑި ވާރޭވެހިފައިވާއިރު، ފަގީރު ގިނަ އަވަށްތަކެއް ވަނީ ފެނު އަޑީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް