Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 15:30
އެސްޓީއޯގެ ކުރީގެ އެމްޑީ އާޒިމް
އެސްޓީއޯގެ ކުރީގެ އެމްޑީ އާޒިމް
މުހައްމަދު ފަޒީން
އާދަމް އާޒިމް ހައްޔަރުކުރުން
އާޒިމްއާ ސުވާލު ކުރަނީ ސަންގުޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން: ވަކީލް
އާޒިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހާފައި
އާޒިމް ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި
އާޒިމް މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައި

 ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްއާއި ފުލުހުން ސުވާލު ކުރަނީ ސަންގުޓިވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް އާޒިމްގެ ވަކީލު ވިދާޅުވެއްޖެއެވެ.

އާޒިމް ވަކީލް އަލީ ޒާހިރު ވިދާޅުވީ ފުލުހުން އާޒިމްއާ ސުވާލު ކުރަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ސަންގުޓީވީގެ "ޚަބަރަށް ފަހު" ޕްރޮގުރާމުގައި އާޒިމް ދެއްކެވި ވާހަކަތަކަކާ ގުޅޭ ގޮތުން ކަމަށެވެ.

އެގޮތުން އާޒިމުގެ މައްޗަށް ސަރުކާރު ބަދަލުކުރަން އުޅުމާއި ޝަރުއީ ނިޒާމާ މެދު ދޮގު މައުލޫމާތު ފެތުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި އާޒިމްގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 532 އާއި 533 އާއި 610 ވަނަ މާއްދާއާއި އަދި ކޯޓްތަކާ ބެހޭ ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމެވެ. އެއީ ޖުނަހު އެއްވަނަ ދަރަޖައިގެ ކުށެކެވެ.

 ހަމައެހެންމެ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ކުށެވެ.. އެއީ ވެސް ޖުނަހު އެއްވަނަ ދަރަޖައިގެ ކުށެކެވެ.

ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި އެއިން ކަމަކަށް އެހީތެރިވެދިނުމާއި އެއިން ކަމެއް ކުރުމުގެ ކުށެވެ.

ފުލުހުން އާޒިމްއާ ސުވާލު ކުރަމުންދާއިރު އޭނާ ހަ ދުވަހަށް ބަންދު ކުރި މައްސލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް