Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 15:19
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ގޫގުލް
ތެލުން ނަގާ ޑިއުޓީ ކުޑަކުރުން
ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރާ ބިލް އަންނަ ހޯމަ ދުވަހަށް ނިންމަނީ!
ގާނޫނުގައި ތެލުން ނަގާ ޑިއުޓީ ސުން ޕަސެންޓްގައި އޮތްއިރު، 10 ޕަސެންޓް ނަގަން ނިންމީވެސް މި މަޖިލީހުން
ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރުމުގެ ބަދަލުގައި ސުން ޕަސަންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ގޮވާލެއްވި
މިއީ ރިޔާސީ އިންތިހާބު ކައިރިވާތީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި

ރާއްޖެ އެތެެރެކުރާ ތެލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 10 ޕަސެންޓްގެ ޑިއުޓީ، ފަސް ޕަސެންޓަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ފާސްކޮށް، އެބިލްގެ މަސައްކަތް އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެހުށަހެޅި އިސްލާހު ގެނައުމުގެ އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކުރުމަށްފަހު، މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ނިމުމާ އެކު މުޅި މަޖިލީހުގެ ކޮމެޓީން ވަނީ އަންނަ ހޯމަ ދުވަހުގެ ކުރިން އެބިލްގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ. ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑާއިގެންނެވި 37 މެމްބަރުން އަޣްލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ސަރުކާރު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރު 27 އަށެވެ.

އެމާއްދާގެ ދަށުން މިހާރު ތެލުގެ ބާވާތްތަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަ 10 ޕަސެންޓްގެ ބަދަލުގައި ޑިއުޓީގެ ގޮތުގައި ފަސް ޕަސެންޓް ނެގުމަށް އެބިލްގައި ވެއެވެ.

މީގެ އިތުރުން ބިލްގައިވާ ގޮތުން އެ ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތެލުގެ ބާވަތްތައް ފިޔަވާ، މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތިން ޑިއުޓީން ސުން ޕަސެންޓް ނެގުމަށް ވެސް އެއިސްލާހުގައި ވެއެވެ.

އެބިލްގައިވާ ގޮތުން، މި އިސްލާހު ހުށަހަޅާފައި ވަނީ އާއްމު ބޭނުންތަކާއި އަސާސީ ހިދްމަތްތައް ރައްޔިތުން ބޭނުންކުރުމުގައި ހިނގާ ޚަރަދު ކުޑަކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށްޓަކައި ތެލުގެ ބާވާތްތަކުން މިހާރު ނަގަމުންދާ ޑިއުޓީގެ މިންވަރުގެ ދެބައިކުޅަ އެއްބައި ކުޑަކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާ ކޮށްފައި ވަނީ އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އަހާ، އެބިލަށް ބަހުސް ކުރުމަށް ފާސްވެއްޖެ ނަމަ، ބަހުސްކުރުގާ ގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 ޖޫން 2017 | ހޯމަ 21:33
އައްލާ އައްޑޫ ހިތަދޫ ބަދަރުން
ތެލުން ޑިއުޓީ ކަނޑާ ހިލޭބެހިއަސް ދެން މަގޭވޯޓު ޔާމީނުއަށް ހަރާމުން ހަރާން . ވަގުތުފާއިތުވެއްޖެ.