Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 21:32
 މަކުނުދޫ ކާޑު އަދި ގޭސް ހުސްވެފައި ވަނީ ރޯދަ މަހު ކުރީ ކޮޅު
މަކުނުދޫ ކާޑު އަދި ގޭސް ހުސްވެފައި ވަނީ ރޯދަ މަހު ކުރީ ކޮޅު
ރާއްޖެއެމްވީ
ހދ މަކުނުދޫ
މަކުނުދޫގެ ރައްޔިތުން ގޭހާއި ކާޑަށް ޖެހިއްޖެ
ކާޑާއި ގޭސް ހުސްވެފައިވަނީ އެރަށަށް ކާޑާއި ގޭސް ގެންދާ ބޯޓް އެރަށަށް ދަތުރުކުރުން ހުއްޓާލުމުން
ކާޑާއި ގޭސް ލިބޭނެ ވަކި ދުވަހެއް ބުނަން ދަތި
ގޭގޭން އެއްބަޔަކު އަނެއް ބަޔަކަށް ދަނީ އެހީތެރި ވަމުން

 މަކުނުދޫގެ ރައްޔިތުން ގޭހާއި ކާޑަށް ޖެހިއްޖެ ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލުން ބުނީ، ކާޑު އަދި ގޭސް ހުސްވެފައި ވަނީ ރޯދަ މަހު ކުރީ ކޮޅު ކަމަށެވެ.

 

އޭނާ ވިދާޅުވީ، ކާޑާއި ގޭސް ހުސްވެފައިވަނީ އެރަށަށް ކާޑާއި ގޭސް ގެންދާ ބޯޓް އެރަށަށް ދަތުރުކުރުން ހުއްޓާލުމާއި ގުޅިގެން ކަމަށާއި އަދި ކާޑާއި ގޭސް ހުސްވެފައި ހުރުމުގެ ސަބަބުން މިކަމުގައި އެއްގޭން އަނެއް ގެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

 

ރަށުގައި އެއްވެސް ވަރަކަށް ކާޑު އަދި ގޭސް ނެތްކަން ފާހަގަކުރައްވަމުން މަކުނުދޫ ކައުންސިލްގެ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ ފެރީ މެދުވެރިކޮށް، އެރަށަށް ކާޑު އަދި ގޭސް ގެނައުމަށްޓަކައި އެކައުންސިލުން އަތޮޅު ކައުންސިލާއި މަޝްވަރާ ކުރަމުން ގެންދާކަމަށެވެ.

 

އޭނާ ވިދާޅުވީ މަކުނުދޫއަށް ކާޑާއި ގޭސް ލިބޭނެ ވަކި ދުވަހެއް ބުނަން ދަތި ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

 

މަކުނުދޫގައި އެސްޓީއޯގެ ގުދަނެއް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ ގުދަން ހުޅުވުމުން، މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރާއްޖެއެމްވީއަށް މަކުނުދޫން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް