Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 19:00
ކާނިވާ ސަރަހައްދު: މިހާރު ވަނީ ނޯޓިސް ދީފައި
ކާނިވާ ސަރަހައްދު: މިހާރު ވަނީ ނޯޓިސް ދީފައި
ފޭސްބުކް
ކަަނިވާ
ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ
އެތަން ހުސްކުރަނީ ތަރައްޤީ ކުރުމަށް
ނޯޓިސް ދިނީ ހައުސިންގ މިނިސްޓްރީން
އެކަން ކުރާނެ ދުވަހެއް އަދި ނުބުނޭ

އަލިމަސް ކާނިވާ ސަރަހައްދުގައި ހިންގާ ބައެއް ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަން ނޯޓިސް ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން އާދީއްތަ ދުވަހު ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް، ކާނިވާ ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށްޓަކައި އެތަނުގައި މިހާރު ހިންގާ ވިޔަފާރިތަކަށް ނޯޓިސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކާނިވާ ސަރަހައްދު ތަރައްގީ ކުރަން މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ކަމަށެވެ. ނޯޓިސް ދީފައި ވަނީ ދޮން މަނިކެ ސްކައިވިއު ރެސްޓޯރެންޓުން ފެށިގެން ޑޮލްފިން ކެފޭއާ ދޭތެރޭގައި ހުރި ކެފޭތަކެވެ.

ކާނިވާ ސަރަހައްދު ތަރައްޤީ ކުރުމަށް އެސަރަހައްދު ހުސްކުރުމުގެ ނޯޓިސް ދީފައިވާއިރު ހުޅަނގު ހާބަރު ސަރަހައްދުގައި ވެސް ފެންވަރު ރަނގަޅު ކެފޭ ރެސްޓޯރެންޓް ތަކެއް ހެދުމަށް އެތައް ހުސްކުރިތާ މިހާރު އެތައް ދުވަހެއް ވަނީ ވެފައެވެ. ނަމަވެސް އެތަނުގައި އަދި އެފަދަ މަސައްކަތެއް ކުރާތަނެއް ނުފެނެެއެވެ.

ކާނިވާ ސަރަހައްދު ހުސްކުރަން އެންގީ ކޮން ތާރީހާކަށް ކަމަށާ، އަދި ތަރައްގީ ކުރަން ސަރުކާރުން ފަށާނެ ދުވަހެއް ވެސް ހައުސިން މިނިސްޓްރީން ނުބުނެއެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކާނިވާ ސަރަހައްދުގެ ބައެއް ކަޑަތައް ހުސްކުރަން މިދިޔަ މެއި މަހުގެ ތެރޭގައި އެންގީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި އެތަނުގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ފަށަން ކަމަށެވެ. އެ މިސްކިތުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާ ގޮތަށް ކުރިން އޮތީ ނިންމައިފައެވެ.

ހަ ބުރިއަށް އިމާރާތްކުރާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެތަނުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް