ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 14:49
އެސްޓްރާބޮން އެކްސްޕޯ 2022 ރައީސް ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވަނީ
އެސްޓްރާބޮން އެކްސްޕޯ 2022 ރައީސް ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވަނީ
ރައީސް އޮފީސް
އެސްޓްރަބޮން އެކްސްޕޯ 2022
ރިސޯޓްތަކާއި ބަދިގެއަށް ބޭނުންވާ ތަފާތު ސާމާނާއެކު އެސްޓްރަބޮން އެކްސްޕޯ 2022 ފަށައިފި
 
އެކްސްޕޯ ކުރިއަށްދާނީ ބުރާސްފަތި ދުވަހާ ހަމައަށް

ރިސޯޓްތަކާއި ބަދިގެއަށް ބޭނުންވާ ތަފާތު ސާމާނާއެކު މުޅިން އަލަށް އެސްޓްރަބޮންގެ އެކްސްޕޯ 2022 ފަށައިފިއެވެ.

މި އެކްސްޕޯ ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. 3 ދުވަހަށް ކުރިއަށް ގެންދާ އެކްސްޕޯ ރަސްމީކޮށް އަންގާރަ ދުވަހު ފަށާފައި ވާއިރު، މި އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ އެކްސްޕޯ ބައްލަވާލައްވާފައެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި ކުރިއަށް ގެންދާ މި އެކްސްޕޯ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ހަވީރު 5:00ށް ހުޅުވިފައި ހުންނަ އިރު ބުދަ ދުވަހު ވެސް މިގަޑީގައި އެކްސްޕޯ ކުރިއަށްދާނެއެވެ. އަދި އެކްސްޕޯގެ ފަހު ދުވަސްކަމުގައިވާ ބުރާސްފަތި ދުވަހު އެކްސްޕޯ ހުޅުވިފައި ހުންނަނީ ހެނދުނު 10:00ން ހަވީރު 3:00 އަށެވެ.

އެސްޓްރަބޮން އިން ބުނީ މި އެކްސްޕޯގައި ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތަކުގެ ސަމާނު ފެނިގެންދާނެކަމަށެވެ. އެގޮތުން މަތީ ފަންތީގެ ބަދިގެ ސާމާނައި، އެފްއެންޑްބީ ސާމާނާއި، ސާފްކުރުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ގޭތެރޭގައި ގެންގުޅޭ ސާމާނު ވެސް ހުންނާނެ ކަމަށެވެ.

މި އެކްސްޕޯ ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މީގެ އިތުރުން ހޮސްޕިޓަލިޓީ ދާއިރާގައި އުޅޭ ފަރާތްތަކަށް އެއްތަނަކަށް މިފަދަ ތަކެތި ދައްކާލުމަކީ މަގްސަދެއްކަމަށް އެސްޓްރަބޮން އިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި