ކ. މާލެ
|
22 މެއި 2022 | އާދީއްތަ 19:57
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖަޕާނަށް ވައިޑައިގަންނަވައިފި
އޭޝިއާއަށް ބައިޑަން ކުރައްވާ ދަތުރުފުޅުގައި ޖަޕާނަށް ވަޑައިގަންނަވާފައި މިވަނީ ދެކުނު ކޮރިއާއަށް ވަޑައިގެންނެވުމަށްފަހު
ބައިޑަން ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އެމްޕަރަރ ނަރުހިތޯއާއި ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ބައްދަލުކުރައްވާނެ
އެމެރިކާގެ އިންޑޯ-ޕެސިފިކް އިކޮނޮމިކް ފްރޭމްވޯރކް ފޮރ ޕްރޮސްޕެރިޓީ ލޯންޗުކޮށްދެއްވާނީ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖަޕާނަށް ވަޑައިގަންނަވައިފިއެވެ.

ބައިޑަން ޖަޕާނަށް ވަޑައިގަންނަވާފައި ވަނީ އާދިއްތަ ދުވަހުއެވެ. މިއީ އެމެރިކާއިން އިންޑޯ-ޕެސިފިކްގެ ގައުމުތަކާއެކު އޮންނަ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ލޯންޗުކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެމެރިކާގެ މިޕްރޮގްްރާމް ލޯންޗުކުރުމުގެ ކުރިންވެސް މިޕްރޮގްރާމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން މިޕްރޮގްރާމުން އެމެރިކާއަށް ފައިދާތަކެއް ކުރިނަމެސް އިންޑޯ-ޕެސިފިކް ގައުމުތަކަށް ކުރާ ފައިދާ ކުޑަވާނެ ކަމަށް ބުނެއެވެ.

އެމެރިކާގެ އިންޑޯ-ޕެސިފިކް އިކޮނޮމިކް ފްރޭމްވޯރކް ފޮރ ޕްރޮސްޕެރިޓީ (އައިޕީއީއެފް) ލޯންޗުކޮށްދެއްވާނީ ރައީސް ޖޯ ބައިޑަންއެވެ. ރިޕޯޓުތައް ބުނާގޮތުން މި ޕްރޮގްރާމް ލޯންޗުކުރުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު، ޖަޕާންގެ ޓޯކްޔޯގައެވެ.

ބައިޑަން ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އެމްޕަރަރ ނަރުހިތޯއާއި ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ބައްދަލުކުރައްވާނެއެވެ.

އޭޝިއާއަށް ބައިޑަން ކުރައްވާ ދަތުރުފުޅުގައި ޖަޕާނަށް ވަޑައިގަންނަވާފައި މިވަނީ ދެކުނު ކޮރިއާއަށް ވަޑައިގެންނެވުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް