Advertisement
ކ. މާލެ
|
10 ޖޫން 2017 | ހޮނިހިރު 10:41
ހަސަން ޒަރީރް އެމްޑީޕީއާއި ގުޅުން
ހަސަން ޒަރީރް އެމްޑީޕީއާއި ގުޅުން
ޓްވިޓަރ
އިދިކޮޅު ހަރަކާތް
ބިލެތްފަހީގެ ކުރީގެ ކައުންސިލަރަކު އެމްޑީޕީއާއި ގުޅިއްޖެ
ޒަރީރަކީ ނިމިގެންދިޔަ ދައުރުގައި ކައުންސިލަރެއް
ކުރިން ހުންނެވީ ވެރިކަންކުރާ ޕީޕީއެމްގައި
ބިލެތްފަހިން އިތުރު ބައެއް ފަރާތްތައްވެސް އެމްޑީޕީއާއި ގުޅުނު

ށ. ބިލެތްފަހީ ކައުންސިލްގެ ކުރީގެ މެންބަރު ހަސަން ޒަރީރު އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީ އާއި ގުޅިއްޖެއެވެ.

އެމްޑީޕީ އާއި ގުޅުމުގެ ކުރިން، ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އިރު ޒަރީރު ހުންނެވީ ވެރިކަންކުރާ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

ޒަރީރު އެމްޑީޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެރޭ ށ. ބިލެތްފަހި، އެމްޑީޕީ ހިނދޫގޮފީގެ އޮފީހުގައެވެ.

ހުކުރު ދުވަހުގެރޭ ޒަރީރުގެ އިތުރުން، ބިލެތްފަހީގެ ބައެއް އެހެން ރައްޔިތުންވެސް ވަނީ އެމްޑީޕީއާއި ގުޅިފައެވެ.

ފަހަކަށް އައިސް އެކި މަޤާމުތަކުގައި ކުރިން ތިއްބެވި ސަރުކާރު ހިންގާ ޕީޕީއެމްގެ ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކާއި، މިހާރު އެކި މަޤާމުތައް ފުރުއްވަމުން ގެންދަވާ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ އާންމުންގެ ގިނަ ބަޔަކުވެސް ދަނީ އިދިކޮޅު ޕާޓީތަކާއި ގުޅެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް