Advertisement
ކ. މާލެ
|
10 މެއި 2022 | އަންގާރަ 13:25
މިޔަރު ހަމަލާ ދިން މީހާ
މިޔަރު ހަމަލާ ދިން މީހާ
އެމްއެންޑީއެފް
މަސްވެރިއަކަށް މިޔަރެއް ހަމަލާ ދިނުން
މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 62 އަހަރުގެ ދިވެހި ފިރިހެނަކަށް

މަސްވެރިކަމުގައި އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

މި ހާދިސާގައި މިޔަރު ހަމަލާދިނީ 62 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މިޔަރު ދަތް އަޅާފައިވަނީ އޭނާގެ ކަނާއަތު ފައިގެ ކުޑަކަޅުވާއާ ދިމާލުގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެ މީހާއަށް ހަމަލާ ދީފައިވަނީ ޅ. އަތޮޅު މާފިލާފުއްޓާ ދިމާލު ބެރުން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:57 ހާއިރު ކަމަށެވެ.

Advertisement

އަދި އެކަން ކޯސްޓްގާޑަށް އެންގުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ޅ. އަތޮޅު ހޮސްޕިޓަލުގެ ޓީމަކާއެކު އެދޯންޏަށް ގޮސް އެ މީހާއަށް ފަރުވާ ދީފައިވާ ކަމަށާއި އިތުރު ފަރުވާއަށް އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމީހާ މަސްވެރިކަމު ދިޔައީ ޝަވޯނާ ނަމަކަށް ކިޔާ ދޯންޏެއްގައެވެ. އެ ދޯނީގައި 14 ފަޅުވެރިން ތިއްބެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް