ކ. މާލެ
|
14 މެއި 2025 | ބުދަ 12:40
އައްޑޫ ސިޓީން ދޮންދީނި ފެންނަވަރު މިހާރު ވަނީ މަދުވެފައި
އައްޑޫ ސިޓީން ދޮންދީނި ފެންނަވަރު މިހާރު ވަނީ މަދުވެފައި
ދައުރު
ދޮންދީނިތައް ހިމާޔަތް ކުރުން
އައްޑޫސިޓީ އުޅޭ ދޮންދީނިތައް ހިމާޔަތް ކުރުމަށް ކާޅު ނައްތާލަންޖެހޭ: މެންބަރު އަހުމަދު ދީދީ
ވާލާއި ކާޅު ނައްތާލުމަކީ ހައްލު ނޫން، އެ ދޫނިތަކާއެކު ދިރިއުޅެން ދަސްކުރަންޖެހޭ
މީގެ ކުރިން މިތަކެތި ދިރިއުޅެމުންދިޔަ ތަންތަން ކޮންމެވެސް ވަރަކަށް ވަނީ ހަލާކުކޮށްފައި
ދޮންދީނި ހިމާޔަތް ކުރުމަށް އެންވަޔަރަންމެންޓް މިނިސްޓްރީ އަދި އީޕީއޭއާއެކު ވަނީ ޚާއްސަ ޕްލޭނެއް ހެދިފައި

އައްޑޫސިޓީ އުޅޭ ދޮންދީނިތައް ހިމާޔަތް ކުރުމަށް ކާޅު ނައްތާލަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާއަށް ސުވާލު އަމާޒުކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކާޅާއި، ވާލާއެކު އުޅެން ދަސްކުރުމަށް މިނިސްޓަރު މަރިޔާ ވިދާޅުވި ނަމަވެސް އައްޑޫ ސިޓީގައި ވަރަށް ޔުނިކް ދޫންޏެއް އުޅޭ ކަމަށާއި، ދޮންދީނި ނަމަކަށް މިކިޔާ ދޫންޏަށް ކާޅުތަކާއެކު ދިރިނޫޅެވޭ ކަމަށެވެ. މި ދޫނި ދިރުވާއާލާ ކުރުމަށް، އަދި ދޫންޏަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކާޅު ނައްތާލަން ޖެހޭ ކަަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީގެ މި ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ކާޅާއި، ވާލާއެކު، ދިރިއުޅެން ދަސްކުރަންޖެހޭ ކަމަށާއި، އެ ދޫނިތައް ނައްތާލުމަކީ ހައްލު ނޫން ކަަމަށެވެ. މީގެ ކުރިން މިތަކެތި ދިރިއުޅެމުންދިޔަ ތަންތަން ކޮންމެވެސް ވަރަކަށް ހަލާކުކޮށްފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ކާޅާ ވާލު އެއްޗެހި ދިރިއުޅެމުންދާތަން މީގެ ކުރިން ވަނީ ކޮންމެވެސް ވަރަކަށް ހަލާކު ކުރެވިފައި. މީގެ ސަބަބުން ކާޅާ ވާލު ގޮސް އަޅުގަނޑުމެންގެ ގޭގައި ހުންނަ ގަސްތަކުގައި ހުންނަ މޭވާތަކާ އެއްޗެހި ކަނީ. މީގެން އަޅުގަނޑުމެންނަށް ދޭހަވާ އެއްޗަކީ އަޅުގަނޑުމެން ދިރޭތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ އެ އެއްޗެހި ވެސް ދާނެ ތަނެއް ހޯދަންޖެހޭ.

މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

އެންވަޔަރަންމެންޓް މިނިސްޓްރީ، އީޕީއޭ އަދި ދުނިޔޭގެ އެންވަޔަރަންމެންޓް ޖަމިއްޔާތަކުން އަރުވާ އިރުޝާދާއި، ލަފައަށް އަލިއަޅުއްވާލައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދޫނިސޫފާ ސޫއްޕާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށެވެ.

ދޮންދީނި އެއީ އައްޑޫސިޓީގައި އުޅޭ ވަރަށް ޚާއްސަ ދޫންޏެއް ކަމަށާއި، އެ ދޫނިތައް ހިމާޔަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. ދޮންދީނި ހިމާޔަތް ކުރުމަށް އެންވަޔަރަންމެންޓް މިނިސްޓްރީ އަދި އީޕީއޭއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ޚާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަވަސް ފުރުސަތެއްގައި ދޮންދީނިގެ މިމައްސަލައާށް ހައްލު ހޯދާނެ ކަމަށެވެ.

މިނިސްޓަރު މާރިޔާ މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ކާޅު އަލާވެ، ދޮންދީނިގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބީރުހީވިއެވެ.

ދޮންދީނިގެ ބިސްތައް ތަޅާ އެ ތަކެއްޗަށް ކާޅުތައް ގޯނާ ކުރެއެވެ. ކާޅެއް ދޮންދޫންޏަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއް ވެސް މީގެ ކުރިން ސޯޝަލް މީޑީއާގައި އާއްމުވެގެން ދިޔައެވެ.

އެހެންކަމުން އެފަހަރު ވެސް އައްޑޫ ރައްޔިތުންގެ އެއްބާރުލުމާއެކު ކާޅާއި ވާލަ މަރައި، ކާޅުތައް ފައްސާލާފައިވެއެވެ.

- ކޮމެންޓް