Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 06:18
ހުޅުމާލޭ ފެރީ ޓާމިނަލް
ހުޅުމާލޭ ފެރީ ޓާމިނަލް
ރާއްޖެ އެމްވީ
ހުޅުމާލެ
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ
އެކްސިޑެން ހިނގާފައި ވަނީ ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެގެން
ސައިކަލް ފަހަތުގައި އިން އަންހެން މީހާގެ ބޯ ވަނީ ފަޅާއިގެން ގޮސފައި
އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުން

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާއި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:15 ކަންހާއިރު ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ އެމްޕީއެލް ހުންނަ މަގުގައި އަޅާފައިވާ ބަމްޕަރެއް މަތިން  ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެނެވެ.  މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ ފައި ވަރަށް ބޮޑަށް މަށާގެން ގޮސްގައިވާއިރު، ސައިކަލް ފަހަތުގައި އިން އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅާއިގެންގޮސްފައެވެ.

 

މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް