Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 05:02
ރާއްޖެޓީވީގެ ފަލަސުރުހީ ގައި ބުރާސްފަތި ދުވަހުގެ ރޭ އީވާ ވާހަކަފުޅު ދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ގައި ބުރާސްފަތި ދުވަހުގެ ރޭ އީވާ ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ޔޫއެންއެޗްއާރުސީ
ޔޫއެންއެޗްއާރުސީގެ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް އެ ލީ، ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެ: އީވާ
ބޭރުގެ ގައުމުތަކުން ރާއްޖެއާއިމެދު ދެން ވަރަށް ބޮޑަށް ފާރަވެރިވާނެ
މިއީ ވަރަށް ސީރިއަސް މައްސަލައެއް
ބޭރުގެ ނުފޫޒް ރާއްޖެއަށް މިކަމުގެ ސަބަބުން ނައިސް ނުދާނެ

އދ ގެ. އިންސާނީ ހައްގުތަކާއި ބެހޭކައުސިލްގެ އެޖެންޑާއަށް ރަސްމީކޮށް މިހާރު އެވަނީ ރާއްޖެ ލާފައި ކަމަށާއި ދެން ގަދަފައި ވިއްދާފައި ނުތިބެވޭނެކަމަށްގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ،  ދުނިޔޭގެ 30 ގައުމަކުން ތާއީދުކޮށް ރާއްޖޭގެ އިންސާނީ ހާލަތާ ބެހޭ ގޮތުން އިނގިރޭސި ވިލާތުން ހުށަހެޅި މައްސަލައިން ދޭހަވަނީ ރާއްޖޭގެ އިންސާނީ ހައްގުުތަކުގެ ހާލަތު ރައީސް ޔާމީން ވައްޓަވާ ލައްވައިފިކަމެވެ.

 

އިވާ ވިދާޅުވީ، ދުނިޔޭގެ އިންސާނީ ހައްގުތަކާއި ބެހޭ އެޖެންޑާއަށް ރާއްޖެ ރަސްމީކޮށް ލުމުން ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ބޭރުގެ ގައުމުތަކުން ދެކި ރާއްޖެއަށް ފާރަލަމުން ގެންދާނެ ކަމަށެވެ.

 

ރާއްޖެއާ އެންމެ ގާތުން ސްރީލަންކާއަށް ބަލާލާއިރު ލަންކާގެ މައްސަލަ އެ ކައުސިލަށް ހުށައެޅި ކަމަށާއި، މައްސަލަލީތާ މާ ގިނަދުވަސްނުވެ އެގައުމުގެ ވެރިކަން ބަދަލުވެގެން ދިޔަކަމަށް އީވާ ވިދާޅުވިއެވެ. ލަންކާގެ ގައި އިންސާނީ ހައްގުތައް ހިފެހެއްޓިފައިވާ މިންވަރު ބެލުމަށް 4 އަހަރުގެ ފުރުސަތެއް އެގައުމަށް ދިން ކަމަށާއި، އެކަންކަން އިސްލާހު ނުކުރެވުމުގެ ނަތީޖާ އަކީ އެގައުމުގެ ވެރިކަން ބަދަލުވެގެން ދިއުންކަމަށް އީވާ ވިދާޅުވިއެެވެ.

ހަމަ މިގޮތަށް ދާދި ފަހުން އައިވަރީ ކޯސްޓްގެ މައްސަލަވެސް ޔޫއެންއެޗްއާރުސީ އަށް ހުށައޅިކަމަށާއި، އެގައުމުންވެސް ކަންކަން އިސްލާހު ނުކުރުމުގެ ނަތީޖާއަކަށްވީ އޭޕްރީލް 2011 ގައި އެގައުމުގެ ވެރިކަން ބަދަލުވެގެން ދިއުންކަމަށް އީވާ ވިދާޅުވިއެވެ.

 

އީވާ ވިދާޅުވީ، ޔޫއެންއެޗްއާރުސީ އަކީ ދުނިޔޭގެ ވަރަށްބޮޑު ކައުސިލެއްގެ ކަމަަށާއި، ރާއްޖޭގެ މައްސަލަ އެކައުންސިލްގެ އެޖެންޑާއަށް ލުމުން އޭގެ މާނައަކީ ގޯހުން ހުރިކަންކަން އިސްލާހުކުރަންވީކަމަށެެވެ. އެކަންކަން އިސްލާހުކުރުމަށް އެދިނީ ފުރުސަތުކަމަށް އީވާ ވިދާޅުވިއެވެ.

އިވާ ވިދަޅުވީ، ކޮމިޝަންތައް މިނިވަން ވާން ޖެހޭކަމަށާއި، ސިޔާސީ ޕާޓީތައް ހިންގަން ފުރުސަތުދޭން ޖެހޭކަމަށާއި، ރައްޔިތުންނަށް ޚިޔާލު ފަޅުކުރެވެން ޖެހޭކަމަށެވެ.  އަދި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު އިންސާފުވެރިކަމާއެކު ދެފުންފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ރާއްޖެއަށް ފުރުސަތު އެބައޮތްކަމަށްވެސް އީވާ ވިދާޅުވިއެވެ.

 

އިވާ ވިދަޅުވިގޮތުގައި، އިސްލާހުކުރުމަށް ފުރުސަތުދީ، ދެންދާނީ އެކަންކަން އިސްލާހު ކުރޭތޯ  ދުރުން ފާރަލާ ބަލަމުންކަމަށެވެ. އަދި އެކަންކަމަށް ދެން ބޯނުލަނބައިފި ނަމަ ރާއްޖެއާމެދު އަޅާފިޔަވަޅު މާ ގޯސްވެދާނެކަމަށް އީވާ ވިދާޅުވިއެވެ.

 

މީ އެެއްބައި ގައުމުތަކަށް ދިގު އަދި ބައެއް ގައުމުތަކަށް ވަރަށް ކުރު މަރުހަލާއެއްކަމަށާއި، އދ، ގެ ހިއުމަންރައިޓްސް ކައުންސިަލަށް 30 ގައުމުން ތާއީދުކޮށް ރާއްޖެއާއި ގުޅިގެން ހުށައެޅި ކަންކަމުގެ މައްޗަށް ދިވެހި ސަރުކާރުން ތަބަވާން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

އީވަ ވިދާޅުވީ، މިހާލަތައް ކަންކަން ދިއުމުން އިންތިހާއަށް ރާއްޖެއަށް ބޭރު ގައުމުތަކާއި، އދ.ގެ ނުފޫޒު އަންނާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

 

ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން، މުޅި ދުނިޔެއާއި ދެކޮޅަށް ރައީސް ޔާމީނަށް ދެން ހިފަހައްޓާލެވޭނީ ކިހާދުވަހަަކަށް ތޯ ވިދާޅުވެ އީވާ ވަނީ ސުވާލު އުފައްދަވާފައެވެ.

 

އިވާ ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔެއިން ގޮވާލާ ގޮވާލުމަށް ރާއްޖެއަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
9 ޖޫން 2017 | ހުކުރު 04:24
ނަސީމް
tiyathanun vakivaanee saaam