ކ. މާލެ
|
3 މެއި 2022 | އަންގާރަ 00:07
ކޮލަމްބޯގެ މަނީ އެކްސްޗޭންޖެއްގައި މީހަކު ފައިސާތަކެއް ގުނަނީ
ކޮލަމްބޯގެ މަނީ އެކްސްޗޭންޖެއްގައި މީހަކު ފައިސާތަކެއް ގުނަނީ
ރޮއިޓަރސް
ލަންކާއަށް ދިމާވެފައިވާ އިގްތިޞާދީ ދަތިކަން
ސްރީލަންކާއަށް ބޭނުންވާ ތެޔޮ ގަތުމަށް އިންޑިޔާއިން ޖުމްލަ 1.2 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް
މިއަހަރުތެރޭގައި އިންޑިޔާއިން އިތުރުކުރި 500 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު އޭޕްރީލް މަހު ތެޔޮ ގަތުމަށް ވަނީ ބޭނުންކޮށްފައި

ސްރީލަންކާއަށް ބޭނުންވާ ތެޔޮ ގަތުމަށް އިންޑިޔާއިން ދޫކޮށްފައިވާ ކްރެޑިޓް ލައިންގެ ދަށުން އިތުރު 200 މިލިއަން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ސްރީލަންކާގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ކާންޗަނާ ވިޖެސެކެރާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސްރީލަންކާއިން ވަނީ އިންޑިޔާއެކު އިތުރު 500 މިލިއަން ޑޮލަރު ކްރިޑިޓް ލައިން ނެގުމަށް ވާހަކަދައްކާފައިކަމަށެވެ. މިއީ މެއި މަހު ގަންނަ ތެޔޮ ޝިޕްމަންޓްތަކަށް ދައްކަންޖެހޭ ފައިސާއެވެ.

މިއަހަރުތެރޭގައި އިންޑިޔާއިން އިތުރުކުރި 500 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު އޭޕްރީލް މަހު ތެޔޮ ގަތުމަށް ބޭނުންކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މެއި މަހުތެރޭގައި ބާކީ ހުރި ފައިސާއިން ދެ ޝިޕްމަންޓަށް ފައިސާ ދައްކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހުން ވަނީ ކްރެޑިޓް ލައިނަށް އިތުރު 200 މިލިއަން ޑޮލަރު އިތުރުކުރުމަށް ވާހަކަދައްކާފައެވެ. އެއީ މެއި މަހުގެ ތެރޭގައި ހަތަރު ތެޔޮ ޝިޕްމަންޓަށް ފައިސާ ދެއްކުމަށެވެ. މިހާރު އިތުރުކުރުމަށް މަޝްވަރާކުރަމުންދާ އަދަދުތަކާއެކު ޖުމްލަ 1.2 ބިލިއަން ޑޮލަރު ކްރެޑިޓް ލައިންގެ ގޮތުގައި އިންޑިޔާއިން ލަންކާއަށް ދޫކުރާނެއެވެ. މިއީ މުޅިންވެސް ތެލަށް ހޭދަކުރުމަށް ނަގާ ކްރެޑިޓް ލައިންތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް