ބޭނުންވާ ތަކެތި
- 1 ކިލޯ ޗިކަން
- 400ގ ކާޑް
- 1 ސައިސަމުސާ ޗިލީ ޕައުޑަރ
- 1/2 ރީނދޫ
- 1 ލުނބޯ
- ލޮނު (ރަހަލާ ވަރަށް)
- 4 ސައިސަމުސާ ޖިންޖަރގާލިކް ޕޭސްޓް
- 1 ސަމުސާ ކާޑަމަން ޕައުޑަރ
- 3 ކަރަންފޫ
- 5 ކާފޫރުތޮޅި
- ފޮނިތޮށި (ހަތަރު ވަރަކަށް)
- 1 ސައިސަމުސާ ދިރި
- ކޮރިއަންޑާރ ފަތް
- މިންޓް ފަތް
- 5 ތޮޅި މިރުސް (ދިގު މިރުސް)
- 2 ސަމުސާ ގަރަމް މަސާލާ ޕައުޑަރ (ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ، ދިރި އެއްކޮށްލައިގެން ހިމުންކޮށްލާފައި)
- 1 ސައިސަމުސާ ގްރީން ޗިލީ ޕޭސްޓް
- 1/2 ޖޯޑު މިލްކް
- 3 ސެފްރޯން
- 4 ފިޔާ (ބޮޑު) ދިގުކޮށް ކޮށާފައި
- 1 ޖޯޑު ތެޔޮ
- 1 ކިލޯ ބާސްމަތީ ހަނޑޫ
- ކާކުލަ (ރީނދޫ)
- 4 ސަމްސާ ދިޔާ ބަޓަރު
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ކުކުޅު މެރިނޭޓް ކޮށްލަން ތެއްޔަކަށް ކުކުޅު، ކާޑް، ޗިލީ ޕައުޑަރ، ރީނދޫ، ލުނބޯ، ޖިންޖަރ ގާލިކް ޕޭސްޓް، ލޮނު، ކާޑަމަން ޕައުޑަރ، ކަރަންފޫ، ކާފޫރުތޮޅި، ފޮނިތޮށި، ކޮރިއަންޑަރ، މިންޓް ފަތް، ގްރީން ޗިލީ، ގަރަމް މަސާލާ، ކިރުގެ ތެރެއަށް ސެފްރޯން އެއްކޮށްލުމަށްފަހު އަޅާލާށެވެ. ދެން ފިޔާ ވަކިން ތެލުލުމަށްފަހު، ހީހޫ ވުމުން ކުރިން މެރިނޭޓްކުރަން ތައްޔާރުކޮށްފައިވާ ކުކުޅުގެ ތެރެއަށް އަޅާލާށެވެ. އޭގެ ތެރެއަށް އެއް ޖޯޑު ތެޔޮ އެޅުމަށްފަހު އަތުން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 2 ގަޑިއިރު މެރިނޭޓްކޮށްލަން ބަހައްޓާށެވެ.
ދެން ހޫނު ފެން ތެއްޔެއްގެ ތެރެއަށް ލޮނު، ލުނބޯގެ އެއްފަޅި، އެއް ސަމުސާ ދިރި، 3 ފޮނިތޮށި، 4 ކަރަންފޫ، 5 ކާފޫރުތޮޅި، 3 ސަމުސާ ތެޔޮ، ކޮރިއެންޑަރ އަދި މިންޓް ލީވްސް އެޅުމަށްފަހު އޭގެ ތެރެއަށް ހަނޑޫ އަޅާލާށެވެ. ދެން ތިން މިނިޓް ވަންދެން ގަދަ ގިނީގައި ކައްކާލާށެވެ. މަތި ޖަހައިގެން ގިނި މަޑު ކުރުމަށްފަހު ކުޑަކޮށް ހަނޑޫ މަޑުވުމުން، އޭގެން ބޮޑު ސަމުސާ ތިން ސަމުސާ، ކުރިން މެރިނޭޓްކުރި ކުކުޅުގެ މައްޗަށް އަޅާލާށެވެ. ދެން ފެން ހިންދާލުމަށްފަހު ބާކީ ހުރި ބަތްވެސް ތެލީގެ ތެރެއަށް އަޅާލާށެވެ. މިލްކާއި ސެފްރޯން އާއި ރީނދޫ ކުލަައިގެ ކާކުލަ އެއްކޮށްލުމަށް ފަހު ބަތުގެ މަތީގެ ލޭޔަރަށް އަޅާލާށެވެ. އެއަށްފަހު ކޮރިއެންޑަރ އަދި މިންޓް ލީވްސް، ގްރީން ޗިލީ، ވެސް އަޅާލާށެވެ. ދެން އޭގެ މައްޗަށް ގަރަމް މަސާލާކޮޅެއް ބުރުވާލާށެވެ. ކުރިން ފްރައި ކޮށްލި ފިޔާ، ބަޓަރު އެޅުމަށްފަހު އެލްމެނިއަމް ފޮއިލް އިން ބަންދުކުރުމަށްފަހު، ގަދަ ގިނީގައި 5 މިނިޓް ކައްކާށެވެ. ދެން އެހާ ގިނި ގަދަނުކޮށް 30 މިނިޓް ކެއްކުމަށްފަހު، ކުކުޅު ރޯފިލުތޯ ޗެކްކޮށްލާށެވެ. އޭރުން ހުންނާނީ ބިރިޔާނީ ތައްޔާރުކޮށް ނިމިފައެވެ.