ކ. މާލެ
|
9 ޖޫން 2017 | ހުކުރު 00:26
އެމްޔޫއޯއިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް
އެމްޔޫއޯއިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް
ރާއްޖެއެމްވީ
އެމްޔޫއޯ
މިހާރު ގުނަމުން މިދަނީ މި ސަރުކާރުގެ އެންމެ ފަހު ވަގުތުކޮޅު: މަލީހް
މި ސަރުކާރު ހަމަ މަގަށް އަޅުވާނަން
ރައްޔިތުންނަށް ނަސްރުލިބޭނެ ދުވަސް އޮތީ މާ ދުރުގައެއް ނޫން
އާޒިމް ވަގުތުން ދޫކޮށްލުމަށް ގޮވާލްން

މިހާރު ގުނަމުން ދަަނީ މި ސަރުކާރުގެ އެންމެ ފަހު ވަގުތުކޮޅު ކަމަށް ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

 

އެމްޔޫއޯއިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް    ކޮންފަރެންސެއްގައި މަލީހު ވިދާޅުވި ގޮތުގައި، މިފަދަ ރޯދަ މަހު އާޒިމް ހައްޔަރުކޮށް އާއިލާ އާއި ދުރުކުރީ އެއްވެސް ގާނޫނީ ހުއްޖަތެއް އޮވެގެނެއެް ނޫނެވެ. އަދި މިހާރުން މިހާރަށް އިތުރު ހުއްޖަތަކާއި ނުލައި އާޒިމް ދޫކޮށްލުމަށް މަލީހު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި ސަރުކާރުގެ އިސްވެރިން ޖަލަށްލެވި ރައްޔިތުންނަށް ނަސްރުލިބޭނެ ދުވަސް އޮތީ މާ ދުރުގައި ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

ޚުދުމުޚްތާރުކަން އިޚްތިޔާރުކޮށް، ފުލް ފުލެޖް ޑިކްޓޭޓަރޝޮޕެއް މިއަދު ސަރުކާރުން ގާއިމްކޮށްފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ. އެހެންނަމަވެސް މި ދަތި އުނދަގޫ ވަގުތުވެސް ދިވެހި ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދިނުމުގައި އެމްޔޫއޯ އޮތީ ސާބިތުކަމާއެކު ތައްޔާރަށްކަމަށް މަލީހު ވިދާޅުވިއެވެ.

 

"ސަރުކާރާ އިދިކޮޅަށް ބުނާ މީހާ ދާންޖެހެނީ ޖަލަށް، ސަރުކާރަށް އެއްޗެއް ބުނާ ގައުމަކާއި ގުޅުން ކަނޑާލަނީ، ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ކުއްލިއަކަށް ޓެރެރިސްޓަކަށްވީ ކީއްވެތޯއާއި، ޔާމީންގެ ރަނިންމޭޓް ކުއްލިއަކަށް ޓެރެެރިސްޓަކަށްވީ ކީއްވެތޯ ދިވެހި ރައްޔިތުން ވިސްނާލަންޖޭކަންކަމަށް" މަލީހު ވިދާޅުވިއެވެ.

 

މަލީހު ވިދާޅުވި ގޮތުގައި ސަރުކާރާއި ދެކޮޅަށް ނުކުންނަ އިދިކޮޅު ކޮންމެ ފަރާތެއް ގެންގޮސް ޖަލަށް ލަނީ ހަމަޔާއިން އިންސާފުންނެއް ނޫނެވެ.  މި ސަރުކާރު ދާދި އަވަހަށް ހަމަ މަގަށް އަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ގާނޫނީ އިމުގެތެރެއިން ސަރުކާރު ބަދަލު ކުރެވޭނޭ އެތައް ގޮތެއް އެބަ ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

މިއަދު ދިވެހި ފުލުހުންނާއި ސިފައިންވެސް އިސްކުރަންވީ ގައުމު ކަމަށާއި، ގާނޫނީ އިމުގެ ބޭރުން އަމަލުކުރުމުގެ އެއްވެސް އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް މަލީހު ވިދާޅުވިއެވެ.

 

އާދަމް އާޒިމް ކުޑަގޮޅިއަށް ގެންދިޔަ ގެންދިޔުން ހަރު އަޑުން ކުށްވެރިކުރާކަމަށާއި، ދާދި އަވަހަށް އާޒިމް މިނިވަން ކުރާނެކަމުގެ ޔަގީންކަން އާއިލާއަށާއި ދިވެހިރައްޔިތުންނަށް ދޭކަމަށް މަލީހު ވިދާޅުވިއެވެ.

 

- ކޮމެންޓް