Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 23:55
 އެމްޔޫއޯއިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް
އެމްޔޫއޯއިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް
ރާއްޖެއެމްވީ
އެމްޔޫއޯ
ހައްޔަރުކޮށްގެން މަސައްކަތް ނުހުއްޓުވޭނެ، ދާދި އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް
މުޅި އެމްޔޫއޯ އޮތީ އާޒިމާއެކު
އާޒިމް ހައްޔަރުކުރި ކުރުން އެމްޔޫއޯއިން ކުށްވެރިކުރޭ

 

ދާދި އަވަހަށް ދިވެހިރައްޔިތުންނަށް އުފާވެރި ޚަބަރުތައް ލިބެން ފަށާނޭ ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރ އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެވެސް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވވެއްޖެއެވެ.

 

ކާނަލް ނާޒިމްގެ ކޮއްކޮ އާޒިމް ކުއްލިގޮތަކަށް ހައްޔަރު ކުރުމާ ގުޅިގެން، އެމްޔޫއޯއިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އަސްލަމް ވިދާޅުވީ، މުޅި އެމްޔޫއޯ އޮތީ އާޒިމް އާއި އެކު ވަރަށް ސާބިތުކޮށް ކަމަށާއި  ސަރުކާރުން ދައްކާ ބިރަށް ފަހަތަކަށް ޖެހޭ ގޮތަށް ނޫންކަމަށެވެ.

 

"ރައީސް ޔާމީން ހީފުޅު ކުރައްވައިގެން ނުވާނެ އަޅުގަނޑުމެންގެ ތެރެއިން ފަހަރަކު މީހަކު ގެންގޮސް ޖަލަށް ލައިގެން، އަޅުގަނޑުމެންގެ ތެރޭގައި ތިބި މޫހިން ހުސްވެ މިކުރާ މަސައްކަތް ހުއްޓިދާނެކަ ކަމަށާއި މިތިބީ އެއްވެސް ހާލެއްގައި ފަހަތަށް ޖެހޭކަށް ނޫން،" އަސްލަމް ވިދާޅުވިއެވެ.

 

ދިވެހިރާއްޖެ ހަމަ މަގަށް އަޅުވައި ޑިމޮކްރެސީ އަނބުރާ ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުކަށް ވަރަށް ސާބިތުކަމާއެކީ ދެމި ތިބޭނެ ކަމަށް އަސްލަމް ވިދާޅވުިއެވެ.

 

އަސްލަމް ވިދާޅުވި ގޮތުގައި އިިދިކޮޅު ފަރާތްތަކަކީ ސަރުކާރު ބަދަލުކުރަން އޮންނަ ބައެއްކަން މި ސަރުކާރަށް ނޭނގޭ ކަމަށެވެ.

 

ދިވެހި ގައުމުގައި ކަންކަން ހައްދު ފަހަނަ އަޅައިގޮސް އިންސާނީ ހައްގުތައް ނެތެމުންދާކަން ފާހަގަކޮށް، އަދުލު އިންސާފު ނެތިގޮސްފައިވާކަމާއި، އަނިޔާވެރިކަން ހައްދު ފަހަނަ އަޅައިދާކަމާއި މި ކަންކަން ފާހަގަކޮށް 30 ގައުމަކުން ރާއްޖެއާއި ދެކޮޅަށް ބަޔާނެއް ނެރުނުތާ މާގިނައިރެއް ނުވަނީސް އާޒިމް ހައްޔަރުކުރި ކުރުމަކީ ސަރުކާރުންކުރި ވަރަށް ހުތުރު އަމަލެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

 

އަސްލަމް ވިދާޅުވީ، އޮޕޮޒިޝަންގެ ބޭނުމަކީ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރުން ކަމަށާއި، ދައުލަތް ހަމަ މަގަށް އެޅުވޭނީ އެ މަސައްކަތުގެ ތެރެއިންކަމަށެވެ.ދިވެހިރާއްޖޭގައި ބޭ އިންސާފުން ކަންކަން ހިނގަމުންދާއިރު، ކަންކަން ހިނގަމުންދަނީ އިންސާފުންނޭބުނެ ބަލަން މަޑުން ނުތިބޭނޭކަމަށް އަސްލަމް ވިދާޅުވިއެވެ.

 

އަނިޔާވެރިކަން ފެތުރި،މިނިވަންކަން ގެެއްލޭނަމަ އެވާހަކަ ރާއްޖޭގައިވެސް އަދި ރާއްޖެއިން ބޭރުގައިވެސް ދައްކާނޭކަމަށް އަސްލަމް ވިދާޅުވިއެވެ.

 

މިފަދަ ރޯދަމަހު އެއްވެސް ކަމަކާއި ނުލާ އާޒިމް ގެންގޮސް ހައްޔަރުކުރިއިރު، މުސްލިމު އަޚެއް ހައްގުންކަމަކާއި ނުލަ ގެންގޮސް ހައްޔަރުކުރަން ދިވެހިސަރުކާރު ލަދުގަންނަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންމެން ގެންގޮސް ޖަލަށް ލިޔަސް ދައްކާ ބިރަށް އެންމެ ތަންކޮޅެއްވެސް ފަހަތަށްޖެހި ގެއަށް ނުވަންނާނޭކަމަށް އަސްލަމް ވިދާޅުވިއެވެ.

 

މި އަނިޔާވެރިކަން ނިމުމަކަށް ގެނެސް ދާދި އަވަހަށް ކާމިޔާބު ހޯދާނޭކަމަށް އަސްލަމް ވިދާޅުވިއެވެ. ަދި ަރއްޔިތުން ތިބި ސާބިތުކަން ލޯކަލް ކައުންސިލް އިންތިޚާބުގައި ދައްކައިފިކަމަށާއި، މާދަމާ މަޚްލޫފް މިނިވަން ވުމާއި އެކު، ދެން މިމަސަައްކަތް އިތުރަށް ބާރަށް ކުރިއަށްދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް