Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 22:21
ސްޓީލިންގ ޕެރަޑައިސްގެ މަންޒަރެއްގެ ސްކްރީން އިމޭޖެއް
ސްޓީލިންގ ޕެރަޑައިސްގެ މަންޒަރެއްގެ ސްކްރީން އިމޭޖެއް
އަލްޖަޒީރާ
ސްޓީލިންގް ޕެރަޑައިސް
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
ފިލްމްގެ ރިޕޯޓަރ ވިލް ޖޯޑްން އަށް މަރުގެ އިންޒާރު ދިން
ފިލްމްގައި ވާހަކަ ދެއްކި މީހަކު ބުނަނީ އޭނާ ނަގުދު 1 މިލިއަން ޑޮލަރު އުފުލި ކަމަށް
ފިލްމް ޕްރިމިއަރ ކުރަން އޮތް އިވެންޓް ކުއްލި އަކަށް ކެންސަވިކަން ފާހަގަވި

ދިވެހި ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އަށަގެންފައި އޮތް މިންވަރު ހާމަކޮށްދިނުމަށް އަލްޖަޒީރާއިން އުފެއްދި "ސްޓީލިންގ ޕެރަޑައިސް" ދެއްކުމަށް ހުރަސް އެޅުމަށް އިނގިރޭސި ވިލާތުގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ދިވެހި ސަރުކާރުން ކުއްޔަށް ހިފި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން މިކަން ހާމަ ކުރީ ސްޓީލިންގ ޕެރަޑައިސް އަށް ޝަރަފް ވެރި އިނާމެއް ލިބުމާ ގުޅިގެން އާއްމު ކުރި ޚަބަރެއްގައެވެ.

އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިސް އަށް ލިބުނީ ކަރަޕްޝަން ރިޕޯޓިން އެވޯޑް އެވެ. އެވޯޑް ދިނީ ލަންޑަނުގައި އޮތް ޚާއްސަ ހަފްލާއެއްގައެވެ.

އަލްޖަޒީރާއިން ބުނީ މި ޑޮކިއުމެންޓަރީ އާ އެއްވެސް ގޮތަކުން ގުޅުން ހުރި ކޮންމެ މީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިވެހި ސަރުކާރުން އިންޒާރު ދިން ކަމަށެވެ. ފިލްމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވިލް ޖޯޑްން އަށްވެސް މަރުގެ އިންޒާރު މި ފިލްމާ ގުޅިގެން ދިނެވެ.

ސްޓީލިންގ ޕެރަޑައިސް ދެއްކުމަށް ހުރަސް އެޅުމަށް ދިވެހި ސަރުކާރުން ކުއްޔަށް ހިފި އިނގިރޭސި ވިލާތުގެ ކުންފުންޏަށް ސަރުކާރުން ހޭދަ ކުރީ ކިހާވަރެއް ކަމެއް މި ޚަބަރުގައި ބުނެފައެއް ނެތެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ފިލްމް ލޯންޗު ކުރުމަށް ހުރިހާ ކަމެއް ފުރިހަމަ ވެފައިވާ ކަމަށް އަލް ޖަޒީރާއިން ފުރަތަމަ އިއުލާނު ކުރި ތާރީޚު އެންމެ ފަހު ވަގުތު ބަދަލުވެގެން ދިޔަ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ފިލްމް ލޯންޗު ކުރުން ކެންސަލްވި ސަބަބެއް އޭރު އަލްޖަޒީރާއިން ހާމަކޮށްފައެއް ނުވެއެވެ.

އަލްޖަޒީރާއިން ފިލްމް ދެއްކީ ކުރިން ހަމަޖެހުނު ރަސްމިއްޔާތާ ނުބާއްވާ އެ ޗެނެލްގެ ރަސްމީ ޝެޑިއުލްގައި ހިމަނައިގެންނެވެ. މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

މި ފިލްމުން ދައްކުވައިދެނީ ކަރަޕްޝަން ސަރުކާރުގެ ތެރޭގައި ހާލި ހަދާފައިވާ މިންވަރު ކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ. ފިލްމުގައި އެތައް ބައެއްގެ އިންޓަވިއު ހިމަނާފައިވާ ވާއިރު ވަގު ފައިސާގެ މުއާމަލާތްތަކުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އަމިއްލަ އަށް ބުނާ މީހުންގެ އިންޓަވިއުވެސް ހިމެނެއެވެ.

އެތަނުން އެކަކު ފިލްމްގައި ކިޔައިދީފައިވާ ގޮތުގައި އެއްފަހަރާ މިލިއަނެއްހާ ޑޮލަރު އުފުލައިދޭން ޖެހުނު ކަމަށާއި އެހާ ގިނަ ފައިސާ ބަރުކަމުން އުފުލަންވެސް އުނދަގޫވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް