Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 20:17
ހެލްތު މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް
ހެލްތު މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް
ރާއްޖެއެމްވީ
ޑިމޮގްރެޕިކް ސަރވޭ
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
މާލޭ ސަރަހައްދުގެ ސަރވޭގެ މަސައްކަތް ވަނީ ނިންމާލާފަ
ސިއްހީ ސިޔާސަތުތައް ބައްޓަންކުރުމަށް މި ސަރވޭ ބޭނުން ކުރެވޭނެ
ސަރވޭގެ މަސައްކަތް އަލުން ފަށާނީ 2 ޖުލައިގައި

ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ، ޑިމޮގްރެޕިކް އެންޑް ހެލްތް ސަރވޭގެ މަސައްކަތުގެ ތެރެއިން ހަތް އަތޮޅެއްގައި ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމިނިސްޓްރީން ހާމަކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ކުރިއަށްގެންދާ ސަރވޭގެ ތެރެއިން، ކ. އަތޮޅާއި، އދ.،  ވ.،  މ. އަތޮޅުގެ އިތުރުން ފ.، ދ. އަދި ތ. އަތޮޅާއި މާލޭ ސަރަހައްދުގެ ސަރވޭ މަސައްކަތްތައް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

އަންހެނުންނާއި ފިރިހެނުންނާއި އަދި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް މި ސަރވޭގެ ތެރެއިން ވަނީ އޮޅުން ފިލުވާފައެވެ.  މީގެ އިތުރުން މީހުންގެ އިސްކޮޅާއި ބަރުދަނާއި އަންހެނުންނާއި ކުޑަކުދިންގެ އެނީމިޔާ ޓެސްޓް ވަނީ ކޮށްފައެވެ. 

މި ސަރވޭއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބީސީތަކުގައި ދިރިއުޅޭ މީހުންގެ ސިއްހީ މައުލޫމާތު އެއްކުރުމަށް ކުރާ ދިރާސާއެކެވެ. މިއީ ގައުމީ ފެންވަރުގައި ގެންދެވޭ ސިއްހީ ދިރާސާ އެކެވެ.

މި ސަރވޭއިން އެއްކުރެވޭ މައުލޫމަތުތައް ރާއްޖޭގެ ސިއްހީ ދައިރާގެ ސިޔާސަތުތައް ބަންޓަން ކުރުމުގައި ބޭނުން ކުރެވޭ އިރު މި ސަރވޭގެ މައުލޫމާތުތައް އދ. ގެ ޖަމިއްޔާތަކުންނާއި ސިއްހަތާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާތަނަށް މިސަރވޭފައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ސަރވޭ 2016 ވަނަ އަހަރުން 2017 ވަނަ އަހަރަށް ކުރިއަށްދާ އިރު އަންނަ ޖުލައި މަހުގެ 2 އިން ފެށިގެން، ސަރވޭ  ނުނިމި ހުރި އަތޮޅުތަކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް