Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 18:09
ބަންގްލަދޭޝްއިން އައި މީހާ ރާއްޖެ އެތެރެކޮށްފައިވާ ކެނަބިސް
ބަންގްލަދޭޝްއިން އައި މީހާ ރާއްޖެ އެތެރެކޮށްފައިވާ ކެނަބިސް
ޓްވިޓަރ
މަސްތުވާތަކެތީގެ މައްސަލަ
ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
އެތެރެކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއައި ބަންގްލަދޭޝް މީހަކު
ތަހުލީލު ރިޕޯޓުން ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފަ
ފަހުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް

ރާއްޖެ އެތެރެކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ  ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައާ ގުޅިގެން 26 އަހަރުގެ އިތުރު މީހަކާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ބުނެއެވެ.

މިމީހުންގެ ތެރެއިން ފުރަތަމަ މީހާއަކީ ޑާކާ އިން ރާއްޖެ އައި 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ ރާއްޖެ އައިތަނުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާ ހިފަހައްޓައި އޭނާގެ ލަގެޖް ބަލައިފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ތަށި ފެނުމާއި ގުޅިގެން ކަސްޓަމްސްއިން ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވަނީ މި މަސްތުވާތަކެއްޗާ ގުޅުންހުރި ފަރާތްތައް ދެނެގަނެ އެފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެެނައުމަށްޓަކައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައެވެ.

އެގޮތުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ ހަވާލުވާން އައި ބަންގްލަދޭޝް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. 

ކަސްޓަމްއިން ބުނީ އެ ބަންލަދޭޝް މީހާ ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުން އެތަކެތި އެއީ ކެނަބިސްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 7.2 ކިލޯގްރާމް ހުރި ކަމަށާއި އެތަކެތި އެތެރެކޮށްފައި ވަނީ ޕްލާސްޓިކް ތަށިތަކެއްގެ ތެރެއަށް ލައި ފޮރުވައިގެން ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް