ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 11:32
ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
އޯލް ރެސިޕީސް
ބަދިގެ 1443
ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
 
އަލަނާސި ނޫން އެހެން ބާވަތެއްގެ މޭވާއެއް ވެސް ބޭނުންކޮށްލެވިދާނެ

ބޭނުންވާ ތަކެތި

  • 7 ފޮތި އަލަނާސި (އަލަނާސި ދަޅުގައި ހުންނަ)
  • 20ގ ބަޓަރު
  • 1 ސަމުސާ ހަކުރު
  • 1 ބިސް
  • 1/4 ޖޯޑު ހަކުރު
  • ކުޑަ ލޮނުކޮޅެއް
  • 1 ސަމުސާ ވެނީލާ އެސެންސް
  • 1/4 ޖޯޑު ވެޖްޓެބަލް އޮއިލް
  • 1/2 ޖޯޑު މިލްކް
  • 150ގ ފުށް
  • 8ގ ބޭކިންގ ޕައުޑަރ
  • ޗެރީ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތަވައެއްގައި ބަޓަރުކޮޅު ދިޔާކޮށްލާށެވެ. ދެން އޭގެ ތެރެއަށް އެއް ސަމުސާ ހަކުރު އަޅައިގެން މުށި ކުލަވަންދެން ހަކުރުގަނޑު ކައްކާލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ރަނގަޅަށް ކެރަމަލްވުމުން ތަވާގެ ތެރެއަށް ފަހަރަކު އަލަނާސި ފޮއްޗެއް އަޅާ ފަތުރާލާށެވެ. 5 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު އުނދުން ނިއްވާލާށެވެ. ދެން ހިހޫވުމުން އަލަނާސީ ފޮތީގެ މެދުގައި އިންނަ ހުސް ބަޔަށް ޗެރީ ލާ ފިލްކޮށްލާށެވެ.

ކޭކް ފުށްގަނޑު ތައްޔާރު ކުރުމަށް ބޯތައްޓަކަށް ބިސް، ހަކުރު، ލޮނު، ވެނީލާ އެސެންސް އަޅައިގެން ހޭންޑް މިކްސްޗަރ އަކުން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ތެޔޮ އަޅައިގެން ރަނގަޅަށް ގިރުމަށްފަހު، ކިރު އަޅައިގެން އަނެއްކާވެސް ގިރާލާށެވެ. ދެން ފުށާއި، ބޭކިންގ ޕައުޑަރ އަޅައިގެން ފުށްގަނޑު ގިރާލާށެވެ. ދެން ކުރިން ތައްޔާރު ކުރި އަލަނާސި ކެރަމަލްގެ މައްޗަށް ފުށްގަޑު އަޅާލާށެވެ. އެއަށްފަހު މަތި ޖަހައިގެން މަޑު ގިނީގައި 15 މިނިޓް ވަންދެން ފިހެލާށެވެ. އެއް ފަޅި ރޯފިލުމުން އަލަނާސި ބައި މައްޗަށްވާ ގޮތަށް ފުށުން ޖެހުމަށްފަހު 5 މިނިޓް ފިހެލާށެވެ. ތަވާގައި ފިހުމުގެ ބަދަލުގައި ކޭކް ފިހޭގޮތަށް އަވަން ސެޓް ކުރުމަށްފަހު ވެސް ފިހެވިދާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
14%
29%
14%
29%
14%
0%
ކޮމެންޓް