Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 06:33
ޖަނާހް:އިފޮޕްކާގެ ނައިބު ރައީސަކަށް ވަނީ ހޮވިފައި
ޖަނާހް:އިފޮޕްކާގެ ނައިބު ރައީސަކަށް ވަނީ ހޮވިފައި
ގޫގުލް
އިފޮޕްކާގެ ނައިބު ރައީސް
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
ޖަނާހް އަކީ މަސީން ހުށަހެޅި ކެނޑިޑޭޓެއް

 

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާރސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ 43 ވަނަ ދައުރުގެ އެއް ވަނަ ނާއިބް ރައީސް ކަމުގެ މަޤާމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން ހުށަހެޅި އެ ޖަމިއްޔާގެ ކުރީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް އިންތިޚާބު ކޮށްފިއެވެ.

އިފޮޕްކާއަކީ އޭޝިއާ އާއި ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސްތަކާއި، އެއެސޯސިއޭޝަންސްތަކުގެ މެމްބަރުންނަށް ކުރިމަތިވާ މައްސަލަ ތަކާއިމެދު ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރެވި އދ.ގެ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތް ތަކާއިއެކު މަސައްކަތް ކުރާ ފެޑެރޭޝަނެކެވެ.

ހުސްވި މެއި މަހުގެ 30 ހުން މިހިނގާ ޖޫންމަހުގެ ދޭކަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި އިފޮޕްކާގެ 43 ވަނަ ކޮންވެންޝަންގައި މިފެޑަރޭޝަންގެ ޕްރޯ ސެކްރެޓަރީ ޖެނެރަލް ކަމަށް މަސީގެ ރައީސް އަބްދުﷲ މުޙައްމަދުއާއި، ހިންގާކޮމިޓީގެ މެމްބަރުކަމަށް، މަސީގެ ނައިބް ރައީސް އަލާއު އަލީ ވެސް ވަނީ އިންތިޚާބުކޮށްފައެވެ.

މިކޮންވެންޝަންގައި މެމްބަރު އެސޯސިއޭޝަންތައް ތަމްސީލު ކުރާ ޤައުމުތަކުގެ ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ ލޭބަރުންގެ މައްސަލައާއި، ޕާރފޯމަންސް ބޮންޑުގެ މުއްދަތުގެ މައްސަލައާއި، ކޮންސްޓްރަކްޝަން ދާއިރާގެ ތަޢުލީމާއި ތަމްރީނު ދިނުމާއި، ކޮންސްޓްރަކްޝަން ވިޔަފާރި އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްކުރުމާއި، ފޮރިން ކޮންޓްރެކްޓަރުންގެ މައްސަލަ ފަދަ މުހިއްމު މައްސަލަތަކާއިމެދު މަޝްވަރާކޮށް ކުރިއަށް ދިއުމުގައި އަޅާނެ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ. އަދި މެމްބަރު ޤައުމުތަކުގެ މެދުގައި ލޭބަރ ރެކްރޫޓް ކުރުމަށް އިފޮޕްކާއިން އެޕްރޫވްކުރާ އެޖެންސީތައް ލިސްޓުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިފޮޕްކާގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އދ އާއި ބައިނަލްއަޤްވާމީ އެޖެންސީތަކާއިއެކު މިމައްސަލަތައް ޙައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މިފެޑެރޭޝަންގެ ސެކްރެޓޭރިއެޓުން މަސައްކަތް ކުރަމުން ގެންދާނެއެވެ. މިގޮތުން މެމްބަރު އެސޯސިއޭޝަންގެ ފަރާތުން ވޯލްޑް ބޭންކާއި، އޭ.ޑީ.ބީ އާއި، ފިޑިކްއާއި އިފޮޕްކާގެ ސެކްރެޓޭރިއެޓުން ބައްދަލުކޮށް މިކޮންވެންޝަންގެ ނިންމުންތައް ހުށަހަޅާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ 1980 ވަނަ އަހަރުން ފެށިގެން އިފޮޕްކާގެ މެމްބަރެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް