Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 02:23
 އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަން
އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަން
ޓްވިޓަރ
އިންސާނީ ހައްގުތައް
ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!
ރާއްޖޭގެ ހާލަތު އޮޅުވާލާފައިވޭ
ހައްގުތަކަށް ވަކާލާތުކުރާ އިގިރޭސިވިލާތުން އެގައުމުގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާކަމަށް ސަރުކާރުން ބުނޭ
ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވަނީ 30 ގައުމަކުން

ރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކުރުމަށް އިގިރޭސިވިލާތް އިސްވެ، ތިރީސް ގައުމެއްގެ ސަޕޯޓާއެކު ނެރެފައިވާ ބަޔާނަކީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކޮށްފިއެވެ.

ބުދަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިނގިރޭސި ވިލާތުން ނެރެފައިވާ ބަޔާނަކީ ރާއްޖޭގެ ހާލަތު އޮޅުވާލާފައިވާ، "ފަނާކުރަނިވި ބަޔާނެއް" ކަމަށެވެ.

ޖެނީވާގައި މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން 30 ގައުމެއް އެކުގައި އިއްވި ބަޔާނުގައި، ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކޮށް، އެ މުއައްސަސާތަކަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް މަތިކޮށްފައިވާ ޒިންމާ އުފުލުމަށާއި، ޒިންމާދާރު ގޮތުގައި ފާރަވެރިވާން ޖެހޭ ފަރާތްތަކަށް ފާރަވެރިވެވޭނެ ބަޔަކަށް ހެދުމަށް ވަނީ ގޮވާލާފައެވެ. 

ރާއްޖެއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ރާއްޖެފަދަ ކުޑަ ގައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ވަނީ ރާއްޖެ އާއި ގުޅޭގޮތުން ބަޔާން ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި އިނގެރޭސިވިލާތަށް ހޫނު ރައްދެއް ދީފައެވެ. އެގޮތުން، އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާ އިިނރޭސިވިލާތް ފަދަ ގައުމުތަކުން، އެ ގައުމުތަކުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށާއި، ބަހާއި އަމަލު ދިމާކުރުމަށް އދ އިން އިނގެރޭސިވިލާތަށް ގޮވާލާފައިވާ ކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖެއަށް އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، މަދަނީ އަދި ސިޔާސީ ގިނަ ހައްގުތަކެއް ތައާރަފްކުރެވި، އެހައްގުތައް ރައްޔިތުންނަށް ޔަގީން ކޮށްދެވިފައިވާއިރު، މިހައްގުތައް ހޯދައިދިނުމުގައި ގައުމީ ފެންވަރެއްގައި ކުރިމަތިވަމުން އައި ގޮންޖެހުންތަކާއި ލިބެމުންދިޔަ ކާމިޔާބީތައް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި ގަވާއިދުން ހިއްސާ ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ހަގީގަތަކީ، ރާއްޖެ ފަދަ ކުޑަ ގައުމެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްގީގެ އެތައް ހަރުފަތެއް ގިރާކުރުމުގެ ސަބަބުން، ގިނަ ފަރާތްތަކެއްގެ ސަމާލުކަން ލިބި، ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާކަން. އިންސާނީ ހައްގުތަކަކީ ރާއްޖޭގައި ގާއިމްވެފައިވާ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ އެއްބައި. އިންސާނީ ހައްގުތަކަކީ ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް. އޭގެ އަސާސްތަކަކީ ރާއްޖޭގެ މުއައްސަސާތަކުން އެއަށް އަމަލުކުރާ އަސާސްތަކެއް. އިނގިރޭސި ވިލާތުގެ ބަޔާނަކީ ދީނީ ގޮތުން، ހައްދުފަހަނަ އެޅުމުގެ މައްސަލަ ސިޔާސީކޮށް، ސަރުކާރުގެ މަސައްކަތްތައް، ހާއްސަކޮށް ދިވެހި ފުލުހުންގެ އަގުވައްޓާލުމަށް ނެރެފައިވާ ބަޔާނެއް،"

ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް 30 ގައުމުން ގުޅިގެން ރެނުނު ބަޔާނަށް ރައްދު ދޭން އެންމެ ތިން ދުވަހުގެ ފުރުސަތެއް ދީފައި އޮތް ކަން ފާހަގަކޮށް، މިނިސްޓްރީ އިން ބުނީ 30 ގައުމުގެ ބަޔާނަކީ އެއްވެސް ހާލަތެއްގައި ބިނާކުރަނިވި ހިޔާލެއް ފާޅުކުރުމުގެ ނިޔަތުގައި ނެރެފައިވާ ބަޔާނެއް ނޫން ކަމަށެވެ. އަދި، މިއީ އިނގިރޭސި ވިލާތް ފަދަ ބޮޑު ގައުމަކުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދިން ހަމަލާއެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެހެން ގައުމުތަކުގެ ފަރާތުން ބޭނުންވަނީ އެހީތެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރި ގުއުމުތަކުގެ ތެރޭގައި ހިމެނެނީ، އޮސްޓްރިއާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ސައިޕްރަސް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖޯޖިއާ، ޖަރމަނީ، ގްރީސް، އައިސްލޭންޑް، އަޔަލޭންޑް، އިސްރާއީލް، ލެޓްވިއާ، ލިޗްޓެންސްޓެއިން، ލިތުއޭނިއާ، ލަގްޒަމްބަރގް، މާލްޓާ، ދި ނެދަރލޭންޑްސް، ނިއު ޒިލޭންޑް، ޕޮލެންޑް، ސްލޮވާކިއާ، ސްލޮވޭނިއާ، ސްވިޑެން، ސްވިޒަރލޭންޑް، އަދި ޔޫކްރެއިން އާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ޖޫން 2017 | ބުރާސްފަތި 11:57
ހ މ ޒ
އިންސާނީ ޙައްގުލަދު ނުގަނޭބާއިޒްރޭލް؟؟ ތިމާމެން އާރިޔާމުން ތިބެ އެހެންމީހުނާ ދިމާލަށް އިނގިލި ދިއްކުރުމަކީ ބަލަ ލަދުކަލޭއިގޭތޯ!؟
8 ޖޫން 2017 | ބުރާސްފަތި 11:43
ޙުޅަގު
ވެގެނ ފަލަސ ތީނުގެ ވާހަކަނުދަކަނީ!؟
8 ޖޫން 2017 | ބުރާސްފަތި 11:42
މުސްލިމުން
މިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަން އެންމެ އެކަށީގެންވަނީ މުސްލިމުންގެ ޢަދުންވުން އިނގިރޭސިވިލާތް އިޒްރޭލުފަދަ ގައުމުތަކުން!؟
8 ޖޫން 2017 | ބުރާސްފަތި 11:39
ކަންބޮޑު
ފަލަސްތީނު ރައްޔިތުންގެ އިންސާނީ ޙައްގުތަކުގެ ޙާލަތާ މެދު!؟
8 ޖޫން 2017 | ބުރާސްފަތި 11:38
ހ މ ޒ
އިޒްރޭލް މިވާހަކަ ދައްކަން މާރަގަޅެއްނުން!؟
8 ޖޫން 2017 | ބުރާސްފަތި 11:36
އިސްރާއީލް
ކޮން ބެހޭ ކަމެއ؟
8 ޖޫން 2017 | ބުރާސްފަތި 11:26
ހ މ ޒ
ކޮން ބެހޭ ކަމެއ؟