Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 01:18
އާ ޕާސްޕޯޓްގައިވާ ކުރެހުމާއި އެ ކުރުމާ ވައްތަރު ރައީސް ނަޝީދުގެ ފޮޓޯފުޅު
އާ ޕާސްޕޯޓްގައިވާ ކުރެހުމާއި އެ ކުރުމާ ވައްތަރު ރައީސް ނަޝީދުގެ ފޮޓޯފުޅު
އަޒުމޫން އަހުމަދު
އިމިގްރޭޝަން
އާ ޕާސްޕޯޓްގައިވާ ރައީސް ނަޝީދުގެ ތަސްވީރު ނަގައިފި
ޕާސްޕޯޓްގެ ސެކިއުރިޓީ ފީޗާސް ވަނީ ވަރުގަދަކޮށްފައި
ތަސްވީރު ބަދަލުކުރީ "ވަކި ކަމަކާ ގުޅިގެން ނޫން"
އާ ޕާސްޕޯޓްގައި މިހާރު ހިމަނާފައި ވަނީ ބްރިޖް

މިދިޔަ އަހަރު ތައާރަފުކުރި އާ ޕާސްޕޯޓްގައިވާ ރައީސް ނަޝީދުގެ ތަސްވީރު ނަގައިފި އެވެ.

ރައީސް ނަޝީދުގެ ތަސްވީރު ދައްކުވައިދޭ ކުރެހުމުގެ ބަދަލުގައި މިހާރު ޕާސްޕޯޓްގައި ހިމަނާފައި ވަނީ މާލެ އާއި ހުޅުލެއާ ދެމެދު ބިނާކުރާ ބްރިޖްގެ ކުރެހުމެކެވެ.

ކޮންޓްރޯލަ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވީ ޕާސްޕޯޓްގެ ފުރަތަމަ ގަނޑުގެ ކުރެހުން ބަދަލުކުރީ "ވަކި ކަމަކާ ގުޅިގެން ނޫން" ކަމަށެވެ.

"ޕާސްޕޯޓްގެ ސެކިއުރިޓީ ފީޗާ ވަރުގަދަކުރުމުގެ ފުރުސަތު އޮތުމުން، އިންފޮމޭޝަން ޕޭޖްގެ ސެކިއުރިޓީ ވަރުގަދަކުރިއިރު، ފުރަތަމަ ގަނޑުގެ ވެސް ކުރެހުން ބަދަލު ކުރީ. މިއީ ވަކި ކަމެއް ވެގެން ކުރި ކަމެއް ނޫން،" އަންވަރު ވިދާޅުވި އެވެ.

ޖެނުއަރީ 24، 2016 ގައި ތައާރަފުކުރި އާ ޕާސްޕޯޓްގެ ފުރަތަމަ ކަނޑުގައި ހިމެނޭ ކުރެހުމުން ދައްކުވައި ދެނީ ރައީސް ނަޝީދު ކަމަށް މީޑިއާތަކުން ރެޕޯޓްކުރުމުން، އިމިގްރޭޝަނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އޭރު އިމިގްރޭނުން ބުނެފައިވަނީ އާ ޕާސްޕޯޓްގައިވާ ކުރެހުމަކީ އެއްވެސް ފަރާތެއްގެ ފޮޓޯއެއްގެ އަސްލެއް ކަމަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއް ނޫން ކަމަށެވެ. އެ ކުރެހުމާ ވަކިފަރާތަކާ ވައްތަރުކަމަށް ރިޕޯޓު ކުރަމުންދަނީ ހަގީގަތާ ހިލާފު އަދި އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.  

އެފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން ދަނީ އެމިގްރޭޝަނުން އޭރު ބުނި ގޮތުގައި ދިވެހި ޕާސްޕޯޓަށް ތަޢުރީފު ކުރަމުންދާ ދިއުން ހުއްޓުވައި އަދި ދިވެހި ޕާސްޕޯޓުގެ ސެކިއުރިޓީ އާމެދު ކުރަމުންދާ އިތުބާރު ގެއްލުވާލުމަށެވެ.

ޕާސްޕޯޓުގެ ހުރުމަތް ކަނޑާ ސިޔާސީ ގޮތުން ވަކިފަރާތަކަށް މަންފާ ހޯދާ ދިނުމަށް ޕާސްޕޯޓާމެދު ޝައްކު އުފައްދުމަށް ކުރާ މަސައްކަތްތައް މިހާރުން ހުއްޓާލުމަށް އިމިގްރޭޝަނުން އޭރު ވަނީ ގޮވާލައްވައިފަ އެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން އެ ކުރެހުން މި ވަނީ ބަދަލުކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
8 ޖޫން 2017 | ބުރާސްފަތި 12:55
ބޮޑާބެ
ހެހެހެހެހެހ ހޫން އެންމެ ފަހަރަކުވެސް ޖަހަމެއް ނުވެއޭ ބުނެބަލަ
8 ޖޫން 2017 | ބުރާސްފަތި 09:25
އައްލާ އައްޑޫ ހިތަދޫ އިންޓަރނޭ
މަހިތައްއަރާ މިރައީސް ވެރިކަމުން ދުރަށް ދާންޖެހުނުދުވަހަކު މިރައީސްގެ ނަންވެސްބޭނުން ކުރަން ދެންއަންނަ ރައީސަކު؟؟؟؟؟؟ .