Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 00:11
މާލޭގައި އެޗްވަންއެންވަން ފެތުރުއިރު، ހުޅުވި ފުލޫ ކްލިނިކް
މާލޭގައި އެޗްވަންއެންވަން ފެތުރުއިރު، ހުޅުވި ފުލޫ ކްލިނިކް
މުހައްމަދު ޝަރުހާން
ހިރިލަންދޫގައި އިންފްލުއެންޒާ
ހިރިލަންދޫގައި ފެތުރެނީ އިންފްލުއެންޒާ އޭ، ދޫނި ރޯގާއެއް ނޫން:އެޗްޕީއޭ
މި ހަފްތާގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ހުންއައިސްގެން ދައްކާފައިވޭ
6 ޕޭޝަންޓެއްގެ ސާމްޕަލް މާލެގެނެސް ޓެސްޓް ހެދިއިރު، އޭގެ ތެރެއިން 5 މީހަކު އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައިވޭ
ހިރިލަންދޫ ފިޔަވާ އިތުރު އެހެން ރަށަކުން އިންފްލުއެންޒާ ފެތުރެމުންދާކަމުގެ މައުލޫމަތު ލިބިފައެއް ނުވޭ

ތ. އަތޮޅު ހިރިލަންދޫގައި ހަލުއިކަމާއެކު އިންފްލުއެންޒާ އޭ ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ހިރިލަންދޫގައި ދޫނި ރޯގާ ފެތުރޭކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވަނީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ.

 

މި ހަފްތާގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ހުން އައިސްގެން ހިރިލަންދޫ ސިއްހީ މަރުކަޒަށް ވަނީ ދައްކާފައެވެ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު ވިދާޅުވީ، އެ ރަށުގައި ގަދަ ހުމެއް ކޮންޓްރޯލް ނުވެ ފެތުރެމުންދާ ކަމަށެވެ. އެކަމަށް އާއްމުން ސަމާލުވުމަށް އަންގާފައިވާ ކަމަށާއި ހުން އައިސްފި ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހޭލުންތެރިކުރުވަމުންދާކަމަށް އޭނ ޖަލާލް ވިދާޅުވި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވީ، ހިރިލަންދޫގައި ފެތުރެމުންދާ ހުމާއި ގުޅިގެން ސީރިއަސް ހަ ޕޭޝަންޓެއްގެ ސާމްޕަލް މާލެ ގެނެސް ޓެސްޓް ހެދިއިރު، އޭގެ ތެރެއިން 5 މީހަކު އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

 

ހިރިލަންދޫ ސިއްހީ މަރުކަޒުން ބުނީ، މިހާރު އެ ސިއްހީމަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާދެވެމުން ދަނީ ދެ މީހަކަށް ކަމަށެވެ. އެހެން ނަމަވެސް ދުވާލަކަށް ތިނެއް ނުވަތަ ފަސް މީހުން ހުން ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް އަންނަކަމަށް ސިއްހީ މަރުކަޒުން ބުނެ އެވެ. އަދި އިންފުލުއެންޒާއަށް ޝައްކުކުރެވޭ ޕޭޝަންޓުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގެ އެހީއާއެކު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

 

ތ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޓަލްގެ ޑޮކްޓަރަކާއި ސާމްޕަލް ނެގޭނެ އިންތިޒާމް މިހާރު ހަމަޖައްސާ ހިރިލަންދޫއަށް ފޮނުވާފައިވާކަމަށެެވެ. އަދި އިތުރު ބޭސްވެސް އެރަށަށް ފޯރުކޮށްދީފައިވާނެކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

 

އެޗްޕީއޭއިން ބުނީ ހިރިލަންދޫގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، މި ދަނޑިވަޅުގައި ހުމުގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހިރިލަންދޫ ފިޔަވާ އިތުރު އެހެން ރަށަކުން އިންފްލުއެންޒާ ފެތުރެމުންދާކަމުގެ މައުލޫމާތެއް އަދު ލިބިފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް