ކ. މާލެ
|
7 ޖޫން 2017 | ބުދަ 22:23
2016 ވަނަ އަހަރު އެވޯޑް ހާސިލްކުރި ނޫސްވެރިން
2016 ވަނަ އަހަރު އެވޯޑް ހާސިލްކުރި ނޫސްވެރިން
އިންޑިޕެންޑެންޓް
ނޫސްވެރިކަމުގެ އެވޯޑް
ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
އެވޯޑަށް ނަން ހުށަހެޅުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށްވަނީ އިތުރުކޮށްފި
ފީޗާރ ލިއުމުގެ ދާއިރާއިން މިއަހަރުއަލަށް އެވޯޑެއް ދިނުމަށް ވަނީ ނިންމާފައި
ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ މީ ތިންވަނަ އަހަރު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށަހެޅުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އިތުުރުކުރުކޮށްފައިވާ ކަމަށެވެ. ކުރިން އޮތީ ބުރާސްފަތި ދުވަހާ ހަމައަށެވެ.

 

މި އަހަރު ނޫސްވެރިކަމުގެ އިނާމު ދެނީ މައިގަނޑު އަށް ދާއިރާއަކުންނެވެ. އެއީ ޝަރުއީ ދާއިރާ، އިޖުތިމާއީ ދާއިރާ، އެއީ ފީޗާ ލިޔުން، ސިޔާސީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ. މީގެ ތެރެއިން ފީޗާ ލިއުމުގެ ދާއިރާއަކީ މިއަހަރު އަލަށް ތައާރަފްކުރި ދާއިރާއެކެވެ.

 

ހާއްސަ ދެ އިނާމެއްގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު މިފަހަރު ވެސް ދޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

 

ކައުންސިލުން އާއްމުކުރި އުސޫލުގައި އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަހު މަސައްކަތް ކުރި ނޫސްވެރިންނަށް ވާންޖެހޭނެ އެވެ. އެގޮތުން އިނާމު ދޭނީ ނޫސްވެރިން މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް ބަލައިފަ އެވެ.

 

ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މީގެ ކުރިން އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ. ދިނެވެ.

 

- ކޮމެންޓް