Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 18:17
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
މަޖިލިސް
ބިން ހިއްކުން
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު
މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނުހިމަނާ 360 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް
ހިއްކި ބިން ހިމާޔަން ކުރުމަށް 10.7 ކިލޯ މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި
މައުލޫއާ ނުގުޅޭކަމަށް ވިދާޅުވެ މެމްބަރުންގެ ގިނަ ސުވާލުތަކަށް މިނިސްޓަރު ޖަވާބެއް ނުދެއްވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ މިސަރުކާރުން މިހާތަނަށް 12 ރަށެއްގެ ބިން ހިއްކައި، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކިނބިދޫ ދާއިޜާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލާއި ގުޅިގެންނެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓް ނުހިމަނާ 360 ހެކްޓަރުގެ ބިން މި ސަރުކާރުން މިހާތަނަށް ހިއްކާފައިވާ ކަމަށެވެ. އަދި ހިއްކި ބިން ހިމާޔަތްކުރުމުގެ ގޮތުން 10.7 ކިލޯ މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވާ ކަމަށާއި 1.7 ބިލިއަން ރުފިޔާ އަކީ ބިން ހިއްކާ ރިވެންޓްމަންޓް ޖެހުމާ އެކު ދިޔަ ޚަރަދު ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް މެމްބަރުން ކުރެއްވި ސުވާލު، މައުލޫއާ ނުގުޅޭ ސުވާލުކަމަށް ވިދާޅުވެ މެމްބަރުންގެ ގިނަ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެގޮތުން ބައެއް މެމްބަރުން އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ބިންހިއްކުންފަދަ ހައުސިންގ މިނިސްޓްރީން ހިންގާ މަޝްރޫއުތަކާއި ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވިނަމަވެސް، ބައެއް މެމްބަރުން ކުރައްވާ ހަމަ އެފަދަ ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވުމަށްޓަކައި މިނިސްޓަރު ވިދާޅުވަމުން ގެންދެވީ އެއީ މައުޟޫއާ ނުގުޅޭ ސުވާލެއް ކަމަށެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ މިނިސްޓަރު މުއިއްޒުއަށް ސަރުކާރަށް ނިސްބަތްވާ ބައެެއް މެމްބަރުންވެސް ބްރިޖްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލު ކުރެއްވިތަން ފެނިގެންދިޔަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް