Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 15:13
 މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް އާދަމް އާޒިމް
މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް އާދަމް އާޒިމް
ރާއްޖެ އެމްވީ
ބޮޑު ސުވާލު ޕްރޮގްރާމު
"ރަހުމަތްތެރިކަމަކީ" މިސަރުކާރާ ބީރައްޓެހި ކަމެއް: އާޒިމް
ސަރުކާރުން ދަނީ މުއްސަނދިކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިސްރާފު ކުރަމުން

މި ސަރުކާރަކީ ދިވެހި ރައްޔިތުންނާ ރުޅި ސަރުކާރެއް ކަމަށާއި މި ސަރުކާރާއި ރައްޓެހި ރައްޔިތެއް ނެތް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ކުރީގެ އެމްޑީކަންވެސް ކުރެއްވި އާދަމް އާޒިމް، އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވިދާޅުވީ "ރަހުމަތްތެރިކަމަކީ" މިސަރުކާރާއި ބީރައްޓެހި ކަމެއް ކަމަށެވެ. މިސަރުކާރުން ފެންނަމުންދަނީ އިންސާނިއްޔަތުކަން ނެތް ގައުމުތަކާއި ގުޅުން ބަދަހި ކުރަމުންދާ މަންޒަރު ކަމަށާއި މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވީ ގެއްލުންކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަރަންޓު ބިލް ބޮޑުވުމާއި ކުލި އަގުބޮޑުވުމާއި ދަނޑުވެރިން މާލެ ގެންނަ ތަކެތި ވިއްކާ ލޯކަލް މާރުކޭޓުގެ އަގުތައް ބޮޑުކޮށް ރަށްރަށުގައި ދަނޑުވެރިކަން ކުރާ ރަށްޔިތުންނަށް އުނދަގޫ ޖައްސައިފިކަމަށް އާޒިމް ވިދާޅުވިއެވެ.

"ލޯކަލް މާރުކޭޓުގެ އަގުތައް ބޮޑުކޮށް، ދަތުރު ފަތުރުކުރުމުގެ ނިޒާމް ހަލާކުކޮށްލާ މިހުރިހާ ކަމެއް މިކުރަނީ ސީދާ ފަގީރު ކުރުމަށްޓަކާ. ޓެކްސްތައް އިތުރުކޮށްފައި އޭގެ މައްޗަށް ޑިއުޓީ އިތުރުކޮށްފައި ދިވެހިރައްޔިތުންނަށް ޚަރަދުކުރާނެ ފައިސާ ފޮއްޗެއް މިހާރު ނެތް އަތުގައެއް. ހުރި އެއްޗެއްވެސް އަތުލާ އަތުލާ ހުސްކޮށްލައިފި މިހާރު،" ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮށް، އާޒިމް ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި ދިވެހި ސަރުކާރުން ދަނީ އެ މުއްސަނދިކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިސްރާފު ކުރަމުން ކަމަށް ވެސް، ވިޔަފާރީގެ ދާއިރާގައި އުޅުއްވާ އާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން މިހާތަނަށް ގެނެސްފައި ހުރި އެއްވެސް އިންވެސްޓްމަންޓަކުން މުސްތަގުބަލުގައި ފައިދާ ލިބޭ ގޮތަށް ނެތްކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.އިގްތިސާދީ ގޮތުން އަޅުވެތިވެފައިވާ ކަމަށާއި މިކަމުން ސަލާމަތް ވާނީ ރައީސް އަބްދުﷲ ޔާމީންގެ ކިބައިން ސަލާމަތް ވެގެން ކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖެ މިހާރު މިއޮތް ހާލަތުން ބަދަލުކުރުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް