Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 10:06
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
މުހައްމަދު ޝަރުހާން
ގަތަރުގެ މައްސަލަ
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
މި އަހަރު އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ގަތަރުގައި
ރާއްޖޭން ގަތަރާ ގުޅުން ކަނޑާލީ ގުޅުންބަދަހި ކުރަން މަޝްވަރާ ކުރިތާ 13 ގަޑިއިރު ފަހުން
ގަތަރާއެކު ސިޔާސީ ގުޅުން ކެނޑިޔަސް ރާއްޖެއިން ބާއްވާ އިގްތިސޯދީ ގުޅުން ކަނޑާނުލާ

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ގަތަރު ރައްޔިތުންނަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ރާއްޖޭގައި އުޅުމަށްވެސް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ފޮރިން މިނިސްޓްރީން ކުރި އިތުރު ޓުވީޓެއްގައި ވިދާޅުވީ ގަތަރު އަދި ރާއްޖެއާ އޮތް ސީޔަސީ ގުޅުން ކަނޑާލި ކަމުގައިވީނަމަވެސް އާންމު ފަރުދުންގެ މެދުގައި ހިނގާ މުއާމަލާތްތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ ގަތަރާއެކު ރާއްޖެއިން ބާއްވާ އިގްތިސޯދީ ގުޅުން ކަނޑާނުލާ ކަމަށާއި، އެ ގުޅުން އޮންނާނެ ކަމަށެވެ. އެގޮތުން އެ ގުޅުން ބަދަހިކުރަންވެސް މަސައްކަތްކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގަތަރާއެކު ރާއްޖޭން ގުޅުން ކަނޑާލާފައި ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވުނުތާ 13 ގަޑިއިރު ފަހުންނެވެ. ސައުދީ އަރަބިއްޔާގެ ފަހަތުން އަރަބި ހަ ގައުމެއް ގަތަރާ ގުޅުން ކަނޑާލާފައިވާއިރު، އަރަބި ދުނިޔޭގައި ނުހިމެނޭ ގައުމަކަށް ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖޭން އެކަންޏެވެ.

ރާއްޖޭން ގަތަރާ ގުޅުން ކަނޑާލިއިރު، މި އަހަރު ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ވެސް ގަތަރުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް